
ބޭރު ފައިސާގެ އާމްދަނީގެ %40 މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން މަޓީން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރަ ރުފިޔާއަށް ބަދަލުކުރުން މަޖުބޫރު ނޫން ކަމަށް އެމްއެމްއޭއިން ބުނޭ.. ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑޮލަރު މާރުކުރުމަކީ އިގުތިސާދު ހަމަމަގަށް އަޅުވައި ދަރަނި ދެއްކުމަށް މުހިންމު ކަމެއް ކަމަށް.
3 ދުވަސް ކުރިން - 11:46

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތެއްގައި ބެލެހެއްޓުމާއި މުސާރައިގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުންކަން ފާހަގަކޮށްލެވޭ.
6 ދުވަސް ކުރިން - 11:40
ދަތުރުވެރިންނަށް ކޮންމެ މީހަކަށް 500 ޑޮލަރު ވިއްކުމުގެ އިތުރުން، ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1،000 އިން 2،000 އާ ދެމެދުގެ އަދަދަކަށް ޑޮލަރު ދޫކުރޭ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ވަނީ ބޮޑުކޮށްފައި.
7 ދުވަސް ކުރިން - 14:50
މުނައްވަރު ވިދާޅުވީ، އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުވާނީ މި ބަދަލުން ކަމަށެވެ. އަދި ބާކީ ހުންނަ ފައިސާ މޮނިޓާކުރާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަޅުބާޒާރުގައި ދައުރުވާ 90 ޕަސެންޓް ޑޮލަރަކީ މިފަދަ ވިޔަފާރިތަކުން ނެރޭ ފައިސާ ކަމަށް.
7 ދުވަސް ކުރިން - 13:54
ނަން އާންމުކޮށްފައިވާ ރިސޯޓުތަކަކީ ރަހާ ރިސޯޓު އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް. ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ގަވާއިދަށް އަމަލުކުރާއިރު، މާރުކުރާ ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށާއި ކުދި ވިޔަފާރިތަކަށް އެހީވުމަށް.
7 ދުވަސް ކުރިން - 18:51
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށް. މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް.
10 ދުވަސް ކުރިން - 16:40
އެމްއެމްއޭގެ ދެ ގަވާއިދަކަށް، އީމެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި. އެ ދެ ގަވާއިދަކީ، ފައިނޭންށިއަލް ކޮންސިއުމަރސް ޕްރޮޓެކްޝަން ރެގިއުލޭޝަން އަދި އިލެކްޓުރޯނިކް ކަސްޓަމް ޑިއުޑެލިގޭޝަން. ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 26 އާ ހަމައަށް.
11 ދުވަސް ކުރިން - 09:45
ފަންނީ ގޮތުން މީހުން ބިނާކުރުމަށްޓަކައި އެމްއެމްއޭއިން ދާދިފަހުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަކުރައްވަމުން، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި.
13 ދުވަސް ކުރިން - 12:17
މިއީ ޖޫން މަހާ އަޅާބަލާއިރު ރަސްމީ ރިޒާވުން 48.8 މިލިއަން ޑޮލަރުގެ ދަށްވުމެއް. މައިގަނޑު ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވެ، އެތެރެވި ފައިސާ މަދުވުމެވެ. މީގެއިތުރުން ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން މާޗް މަހުން ފެށިގެން ރިޒާވް ވަނީ ބޮޑުތަނުން ދަށްވެފަ.
14 ދުވަސް ކުރިން - 13:11
މި ދެލިކޮޕީތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު 18 އޮގަސްޓު 2026 ގެ 13:00 އާ ހަމައަށް އޮންނާނެ. ހިޔާލު ހުށަހަޅަންޖެހެނީ insurance@mma.gov.mv އީމެއިލް މެދުވެރިކޮށް. މީގެ މަގުސަދަކީ އިންޝުއަރެންސްގެ ނިޒާމު ހަރުދަނާކޮށް، ދާއިރާގެ މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ގަވާއިދުތައް ފުރިހަމަކުރުން.
16 ދުވަސް ކުރިން - 20:00
މީގެ ސަބަބަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަނާ ދިމާވުމާއި، ޗުއްޓީއާ ގުޅިގެން ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ބޭނުންވި މިންވަރު %172 އިތުރުވުން. މި ބަދަލާއެކު ރަސްމީ ރިޒާވް %7 ދަށްވެފައިވާއިރު، އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތަކަށް ވިއްކާ ޑޮލަރު %51 އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ.
17 ދުވަސް ކުރިން - 16:59
މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ އިތުރުވެ، 248.9 މިލިއަން ޑޮލަރަށް އަރާފަ. ރިޒާވް ޖުމްލަކޮށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުން.
46 ދުވަސް ކުރިން - 10:27
މި އެވޯޑް ދީފައިވަނީ އެ ބޭންކުން ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ، އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން. ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ ކަންކަމަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ.
60 ދުވަސް ކުރިން - 07:35