"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ސްކޫލް ކުދިންނާއި އާންމުންގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ ކަމަށް. އަދި ހުރިހާ ފަރާތްތަކަކުން އެއްބަސްނުވި ނަމަވެސް، ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ ލާބައަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި މައްސަލައަށް ވަރަށް އަވަހަށް އަމަލީ ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
43 ދުވަސް ކުރިން - 01:51
ސަރުކާރުގެ އަމާޒަކީ 2028 ގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމުން. މި ބަދަލާއެކު ޒަމާނީ ބަނދަރަކާއި ގުދަންތައް ގާއިމުވެ، ބާޒާރުމަތީގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުވާނެ. އަދި މުދާ ކްލިއަރކުރުން އަވަސްވެ، ކާބޯތަކެތި އެއްދުވަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖެހި، ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.
45 ދުވަސް ކުރިން - 13:35