Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2026 11:45
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދައި، މުޅި ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދަން ވަނީ ނިންމާފަ. އަދި ޗައިނާގެ އެހީގައި މިއަހަރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށާނީ.

މާލެ ސަރަހައްދުގައި ނުވަތަ އެހެން ސަރަހައްދެއްގައިވެސް ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޤްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ވަޒީރު ވިދާޅުވީ، މުޅި ސަރުކާރު ގުޅިގެން މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ހާއްސަ ވިޝަންއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެބައޮތް ކަމަށެވެ.

އެ ވިޝަންގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ހެއްކެއްގެ ގޮތުން މާލޭގެ ބޭރުމަގު ވަނީ ޒަމާނީ ރީތި މަގެއްގެ ގޮތުގައި ތަރައްގީކޮށްފައެވެ. އަދި މާލޭގެ އެހެން ހުރިހާ މަގުތަކެއްވެސް ޗައިނާ ސަރުކާރުގެ އެހީގައި މިއަހަރުގެ ތެރޭގައި ހަދަން ފެށުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވެގެން އަންނައިރު ޓްރެފިކް މައްސަލައަށްވެސް ޒަމާނީ ހައްލެއް ބޭނުންވާނެތީ، މުޅި މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އަކަށް ހެދުމަށްޓަކައި ގާނޫނުގެ ތެރެއިން ޖާގަ ހޯއްދަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ގާނޫނާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުން، ސަރުކާރުގެ މުއައްސަސާތައް އަދި ކައުންސިލްތަކަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ދިރާސާކޮށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އާންމު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމުގައި ސަޢީދު ވިދާޅުވިމެވެ. މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހެދުމަކީ އުޅަނދު ރެޖިސްޓަރ ނުކުރެވުން ނޫން ކަމަށާއި، އެއީ ވަކި މިންގަނޑުތަކަކާއި އިންތިޒާމްތަކެއްގެ ތެރެއިން އެކަން ކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުގައިވާ ގޮތުން މާލޭގެ އިތުރުން އެހެން ސަރަހައްދެއްވެސް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް ހެދުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަރައްގީމަގު ތަރައްގީ ކުރުންމިނިސްޓަރު މުހައްމަދު ސައީދުއެއްގަމު ދަތުރުފަތުރުގެ ބިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

8 މިނެޓު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

18 މިނެޓު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

27 މިނެޓު ކުރިން - 15:38

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

5 ދުވަސް ކުރިން - 10:18

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

8 ދުވަސް ކުރިން - 18:45

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

9 ދުވަސް ކުރިން - 15:43