Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2026 15:47
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު | ފޮޓޯ: ޕީއެސްއެމް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު | ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ސިޓީ ކައުންސިލުން ވެހިކަލް ފީ މިސްކިތްތައް މަރާމާތު ކުރުމާއި ކާރިސާތަކަށް ހަރަދުކުރާކަމަށް ބުނާއިރު، އެ ކަންކަމަށް ވަކި ފަންޑެއް ހަމަޖެހިފައިވޭ. ވެހިކަލް ފީ ހަރަދުކުރަންޖެހޭނީ މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމާއި، ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމާއި، ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމަށް.

މާލެ ސިޓީ ކައުންސިލަށް ވެހިކަލް ރަޖިސްޓްރީއާއި އަހަރީ ފީގެ ގޮތުގައި ލިބޭ ފައިސާ އަށް “ހަދާނަހަދާއެއް” ސާފުނުވާތީވެ، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވެވަޑައިގެންފިއެވެ.

ސިޓީކައުންސިލަށް ވެހިކަލްތަކުން އެކަނި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ލިބޭ އިރު މިއީ 5 އަހަރަށް ބަލާނަމަ 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. އެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ފައިސާތައް ބޭނުންކުރަނީ “އެހެންކަމަކަށް”، ކަމުގައި މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ސިޓީކައުންސިލުން ބުނާ ގޮތުގައި މިސްކިތްތައް މަރާމާތުކުރުމާއި ކާރިސާތަކަށް އެ ފައިސާ ހަރަދުކުރެއެވެ.

Advertisement

Advertisement 1

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާލެސިޓީ ކައުންސިލުން އެ ފައިސާ ހަރަދުކުރަންޖެހޭނީ މާލޭގެ ދަތުރުފަތުރާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ވެހިކަލް ފީގެ ފައިސާ މިސްކިތްތައް ބެލެހެއްޓުމަށް ބޭނުންކުރައްވާ ކަމަށެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރާއެކު މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓަރީގައި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގާބިލުކަމާއި ބަޖެޓު އެބައޮތް ކަމަށާއި، ވެހިކަލް ފީއަށް ބަރޯސާނުވެ އެ މަސައްކަތް މިއަށްވުރެ ހަރުދަނާކޮށް އެ މިނިސްޓަރީއަށް ކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކާރިސާތަކުން ރައްކާތެރިވުމަށް ވަކި ބަޖެޓެއް ކަނޑައެޅިފައިވާއިރު، އެކަމަށް ވެހިކަލް ފީ ބޭނުންކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ތަކުރާރުކޮށް ވިދާޅުވީ، ފީ ދައްކާ ފަރާތްތަކަށް އޭގެ ފައިދާ ލިބެންޖެހޭނެ ކަމަށެވެ. އެގޮތުން މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމާއި، ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމާއި، ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ފައިސާ ހަރަދުކުރަންޖެހޭ ކަމަށެވެ.

މާލޭގައި ތޮއްޖެހުމާއި، ޕާކުކުރާނެ ޖާގަ ނެތުމާއި، އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މުޅި ސިޓީގެ ޓްރެފިކް ރިއަލް-ޓައިމްކޮށް މޮނީޓަރުކުރާނެ ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ފުލުހުން މަގުމައްޗަށް ނެރެ، ޓްރެފިކް ބެލެހެއްޓުން ވަރުގަދަކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

1 ގަޑިއިރު ކުރިން - 15:57

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

1 ގަޑިއިރު ކުރިން - 15:38

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

1 ގަޑިއިރު ކުރިން - 15:32

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

5 ގަޑިއިރު ކުރިން - 11:45

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

27 ދުވަސް ކުރިން - 10:15

އަގުމަގު އެޕް: ބާޒާރުގެ އަގުތައް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ

އަގުމަގު އެޕް: ބާޒާރުގެ އަގުތައް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ

32 ދުވަސް ކުރިން - 17:43