ޢުމްރާވެރިންނާ މެދު އިހްމާލުވި އަލްހިޖްރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއިރު، ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން.
685 ދުވަސް ކުރިން - 00:18
މިނިސްޓަރ ޝަހީމް ވިދާޅުވީ ޙާލުގައި ޖެހިފައި ތިބި ޢުމްރާވެރިން ތިބި ހޮޓަލުން ނުކުންނަން ޖެހޭތީ، އެމީހުން ފުރަން ވަންދެން ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް.
686 ދުވަސް ކުރިން - 23:10
އަލްހިޖްރަ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޢުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ ޢުމްރާވެރިން ރާއްޖެ ގެނައުމަށް ދަތިވެފައިވާ ކަމަށް.
686 ދުވަސް ކުރިން - 21:15
ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދޭ މަޢުލޫމާތުގެ މުހިންމުކަން ފާހަގަކުރައްވައި، އަޑުގެ ޕްރޮގްރާމްތަކާއި މަޢުލޫމާތުގެ ޒަރީޢާއިން ގިނަ ބަޔަކަށް އެކި ކަންކަމަށް ލޯހުޅުވިގެން ދިޔަކަމަށް ވަޒީރު ވިދާޅުވި.
696 ދުވަސް ކުރިން - 21:43
މި ފަހަރު އެކި ކުންފުނިތަކުގެ ހަވާލުގައި 6،373 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވޭ.
696 ދުވަސް ކުރިން - 12:18
ވަޒީރު ވިދާޅުވީ މި ބަދަލުތަކުގެ ތެރޭގައި، ފަރުޟު ޙައްޖު އަދާނުކޮށް ތިބި މީހުންނަށް އިސްކަން ދިނުމާއި، ކުރިން ޙައްޖުވެފައިވާ މީހުންނަށް 5 އަހަރުން އެއްފަހަރު ފުރުޞަތު ދިނުން ހިމެނޭ ކަމަށް.
700 ދުވަސް ކުރިން - 12:18
ޝަހީމް ވިދާޅުވީ ޢުމްރާއަށް މީހުން ގެންދިޔުމުގައި ޢަމަލުކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށާޢި ޙުއްދަ ބާޠިލުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް.
701 ދުވަސް ކުރިން - 15:30
ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށް، ޒަކާތު ހައުސްއިން ތައްޔާރުކޮށްފައިވާ ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ނެރެފި.
702 ދުވަސް ކުރިން - 10:05
ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ.
713 ދުވަސް ކުރިން - 11:28
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް 6 ޙާފިޡުންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނި.
716 ދުވަސް ކުރިން - 14:42
ރޭގެ ރަސްމިއްޔާތުގައި މިނިސްޓްރީއަށް 15 އަހަރާއި، 20 އަހަރު އަދި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ވަނީ ދީފައި.
717 ދުވަސް ކުރިން - 21:03
އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއިޝް އަށް ހޯދައިދެވޭނެ ކަމަށާއި މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި.
717 ދުވަސް ކުރިން - 15:16