Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތް ނެރުމާއި ބެހުމުގެ ޝަރުޢީ އަސާސްތައް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގެ ޝަރުޢީ އަސާސްތައް އާންމުކޮށްފި

އާނާ ފަހީމް
616 ދުވަސް ކުރިން - 23 ޑިސެންބަރު 2024 10:05
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް ނެރުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް ނެރުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށް، ޒަކާތު ހައުސްއިން ތައްޔާރުކޮށްފައިވާ ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ނެރެފި.

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

މި އަސާސްތައް އާންމުކުރުމަށް އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި މި އަސާސްތައް އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އަސާސްތަކާއި މިންގަނޑުތައް ދިވެހިރާއްޖޭގައި ތައްޔާރުކޮށް އާންމުކޮށްފައި މިވަނީ މުޅިން އަލަށެވެ. މިއީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލާފައިވާ އަސާސެކެވެ.

Advertisement

Advertisement 1

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޝަހީމް ވިދާޅުވީ މިއީ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި، ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަޤްސަދު ޙާސިލްވަމުންދާކަން ފާހަގަކުރެއްވިއެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން އަދުނާން ދެއްކެވި ވާހަކައިގައި މި މަސައްކަތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވެދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަސްދަރުތަކާއި، ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ނިންމުންތަކަށް ރިޢާޔަތްކޮށެވެ. މި އަސާސްތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުމާއި، ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މި އަސާސްތަކާއި މިންގަނޑުތައް އާންމުކުރުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބެލެވޭއިރު، ކުރިއަށް އޮތްތަނުގައި މި އަސާސްތަކަށް ބިނާކޮށް އިތުރު މަސައްކަތްތަކެއް ކުރިއަށްދާނެކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުޒަކާތު ހައުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

12 ގަޑިއިރު ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

46 ދުވަސް ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

51 ދުވަސް ކުރިން - 22:51

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02