Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހިރާއްޖޭގެ އަޑުން ޖީލެއްގެ ފިކުރު ބިނާކޮށްފި: ޝަހީމް

ދިވެހިރާއްޖޭގެ އަޑުން ޖީލެއްގެ ފިކުރު ބިނާކޮށްފި: ޝަހީމް

އާނާ ފަހީމް
610 ދުވަސް ކުރިން - 29 ޑިސެންބަރު 2024 21:43
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދޭ މަޢުލޫމާތުގެ މުހިންމުކަން ފާހަގަކުރައްވައި، އަޑުގެ ޕްރޮގްރާމްތަކާއި މަޢުލޫމާތުގެ ޒަރީޢާއިން ގިނަ ބަޔަކަށް އެކި ކަންކަމަށް ލޯހުޅުވިގެން ދިޔަކަމަށް ވަޒީރު ވިދާޅުވި.

ދިވެހިރާއްޖޭގެ އަޑުން ވޭތުވެދިޔަ 62 އަހަރުގެ ތެރޭގައި ޖީލެއްގެ ފިކުރު ބިނާކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ 62 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ދީނުގެ އަޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދީނީ އިލްމުވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

2025 ވަނަ އަހަރަކީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވަރަށް ބޮޑު ދިރުމެއް ގެންނާނެ އަހަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ނަމާދަށް ހޭލުންތެރިކުރުމުގެ ޚާއްސަ ޕްރޮގްރާމް ފަދަ މުހިންމު ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށާއި، މި މަސައްކަތުގައި ދިވެހިރާއްޖޭގެ އަޑުން އިސް ދައުރެއް އަދާކުރާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ އަޑުން އިތުރު ޕްރޮގްރާމްތައް އުފައްދަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގައި ރަށްރަށުގައި ދިވެހިރާއްޖޭގެ އަޑު އަހާ މީހުންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ލަފާކުރެއްވިއެވެ.

ވަޒީރު ޝަހީމް އަމިއްލަ ތަޖުރިބާ ޙިއްސާކުރައްވަމުން ވިދާޅުވީ، ކުޑައިރު ޤުރުއާން ކިޔަވަން ދަސްކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އަޑަކީ އެކި ގޮތްގޮތުން ޅައިރުގެ ގިނަ ހަނދާންތަކާ ގުޅިފައިވާ ބައިވެރިއެއްކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދޭ މަޢުލޫމާތުގެ މުހިންމުކަން ފާހަގަކުރައްވައި، އަޑުގެ ޕްރޮގްރާމްތަކާއި މަޢުލޫމާތުގެ ޒަރީޢާއިން ގިނަ ބަޔަކަށް އެކި ކަންކަމަށް ލޯހުޅުވިގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 62 ވަނަ އަހަރީ ދުވަހާ ގުޅިގެން ވަޒީރު ދެއްވި މި އިންޓަވިއުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް މިހާރަށްވުރެވެސް ފުޅާކޮށް އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ އަޑާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52