ރާއްޖެއިން މި މަހު 6،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހު ރާއްޖެއިން އުމްރާއަށް ގޮސްފައިވާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މި ފަހަރު އެކި ކުންފުނިތަކުގެ ހަވާލުގައި 6،373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މިއީ ފަހުގެ ތާރީހެއްގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން އެންމެ ގިނަ މީހުން ފުރި ޑިސެމްބަރު މަހެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިކޯޑު އަދަދެކެވެ.
ޑިސެމްބަރު މަހުގެ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާއަށް ދެ އެވެ. މީގެ ކުރިން ބައެއް މަސްމަހު 4،000 އަށް ވުރެ ގިނަ މީހުން ވެސް އުމްރާއަށް ގޮސްފައިވެ އެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް މިހާރު ގިނަ ކުންފުނިތަކަކުން ޚިދުމަތް ދޭއިރު، ދިވެހި ޒުވާނުން އުމްރާއަށް ދާ މިންވަރު މި ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ގިނަ ބަޔަކު މިހާރު ދަނީ އާއިލާ އެންމެން އެކުގައިކަން ފާހަގަ ކުރެވެއެވެ









