ޢުމްރާއަށް ގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަނީ

އަައިޝަތު ޒީނާ | 326 ދުވަސް ކުރިން - 8 ޖެނުއަރީ 2025 21:15
ޑިސެމްބަރު ޢުމްރާ 2024ގެ ބައިވެރިންނަށް ބޭއްވި ތަމްރީނު ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: މިނިސްޓްރީ
ޑިސެމްބަރު ޢުމްރާ 2024ގެ ބައިވެރިންނަށް ބޭއްވި ތަމްރީނު ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

އަލްހިޖްރަ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޢުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ ޢުމްރާވެރިން ރާއްޖެ ގެނައުމަށް ދަތިވެފައިވާ ކަމަށް.

އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހިފައިތިބި 24 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ޙާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ޙާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ މިނިސްޓްރީން ކުރާނެ ކަމަށެވެ.

އަލްހިޖްރަ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޢުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ ޢުމްރާވެރިން ރާއްޖެ ގެނައުމަށް ދަތިވެފައިވާ ކަމަށެވެ. އަދި ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ނަމަވެސް އެކަމުގައި މިއަދާ ހަމައަށް ކުރިމަގެއް ފެނިފައި ނުވާކަމަށް ބުންޏެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ މައްކާގައި ދަތި ޙާލަތު މެދުވެރިވެފައިވާ ޢުމްރާވެރިންގެ ބޭފުޅުންނާ ގުޅުއްވައި ޙާލަތު ބައްލަވާފައިވާ ކަމަށާއި، އެ ބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މައްކާގައި މިވަގުތު އޮތް ޙައްޖު ކޯޕަރޭޝަންގެ ޓީމު މެދުވެރިކޮށް، ޙާލުގައި ޖެހުނު ޢުމްރާވެރިންނަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީނުވެ ނުތިބޭނެ ކަމަށާއި، ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށް، ދިމާވާ ކަންކަން ޙައްލުކުރެއްވުމަށް ކަމަށެވެ. ޢުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޙައްޖު ކޯޕަރޭޝަނުގެ އެމްޑީ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙާލުގައި ޖެހިފައި ތިބި ޢުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓަރ ޝަހީމްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%