Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލްހިޖްރަ ޢުމްރާ ގްރޫޕަށް މާދަމާ ފިޔަވަޅު އަޅާނަން: ޝަހީމް

އަލްހިޖްރަ ޢުމްރާ ގްރޫޕަށް މާދަމާ ފިޔަވަޅު އަޅާނަން: ޝަހީމް

އަައިޝަތު ޒީނާ
600 ދުވަސް ކުރިން - 9 ޖެނުއަރީ 2025 00:18
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު. / ފޮޓޯ: މިނިސްޓްރީ
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ޢުމްރާވެރިންނާ މެދު އިހްމާލުވި އަލްހިޖްރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއިރު، ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން.

ޢުމްރާވެރިން ޙާލުގައި ޖެއްސި ކުންފުންޏަށް އުޞޫލުގެ ދަށުން މާދަމާ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހިފައިތިބި 24 ދިވެހިން މި މަހު 10 ގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެ 24 ޢުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ ތިން ކުދިންވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހިފައިތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަން ފަށާފައިވާއިރު، އެ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޢުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ ޢުމްރާވެރިން ރާއްޖެ ގެނައުމަށް ދަތިވެފައިވާ ކަމަށެވެ. އަދި ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ނަމަވެސް އެކަމުގައި މިއަދާ ހަމައަށް ކުރިމަގެއް ފެނިފައި ނުވާކަމަށް ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓަރ ޝަހީމް ވިދާޅުވީ ޙާލުގައި ޖެހިފައި ތިބި ޢުމްރާވެރިން ތިބި ހޮޓަލުން ނުކުންނަން ޖެހޭތީ، އެމީހުން ފުރަން ވަންދެން ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި މި އިންތިޒާމްތަކުގެ ތެރޭގައި ކެއުމާއި ބުއިމުގެ އިންތިޒާމް ހިމެނޭ ކަމަށެވެ. އަދި ޢުމްރާވެރިންނާ މެދު އިހްމާލުވި އަލްހިޖްރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަލްހިޖްރަ ގްރޫޕް ރަޖިސްޓަރ ކޮށްފައިވަނީ ފިރާގް މުހައްމަދު ފުޅު އަދި މުސްޠަފާ މުހައްމަދު ފުޅުގެ ނަމުގައެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52