ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އައްޑު އަތޮޅުގެ ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭވެހިފައިވޭ.
728 ދުވަސް ކުރިން - 19:17
ބޯކޮށް ވެހުނު ވާރޭގައި މާލެ ފެންބޮޑުވެއްޖެ. މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރުނު.ގަދަ ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށް އިންޒާރުދީފި. އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި.
728 ދުވަސް ކުރިން - 10:21
މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މިރޭ ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް.
738 ދުވަސް ކުރިން - 20:40
މެޓް އިން ބުނީ ކާށިދޫއަށް އިއްޔެ 43.9 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށާޢި އެ މިންވަރަށް ވާރޭ ވެހިފައިވަނީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ކަމަށް.
740 ދުވަސް ކުރިން - 15:39
މެޓް އިން ބުނީ މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް.
750 ދުވަސް ކުރިން - 13:51
މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި. ނަމަވެސް މިއަދާއި މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރޭ
764 ދުވަސް ކުރިން - 10:48
ރާއްޖޭގެ ސަރަޙައްދުތަކުގައި ހުޅަނގު މޫސުން ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށް މެޓް އިން މަޢުލޫމާތު ދީފައިވޭ.
765 ދުވަސް ކުރިން - 22:15
ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު ވަނީ އުފެދިފައި. އެއާއެކު ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާއްމުވައި ވަރަށް ގަދަވެފައިވާކަމަށް މެޓް އިން ބުނި.
767 ދުވަސް ކުރިން - 17:11
މިއަދު ފަތިހު 5:40 ގައި މާލެ ސަރަހައްދަށް ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށާއި، މާދަމާ ފަތިހުވެސް ވައިގަދަވާނެ ކަމަށް މެޓުން ބުނި.
767 ދުވަސް ކުރިން - 12:58
ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް. މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލެއްވެސް ނެރެފައި.
768 ދުވަސް ކުރިން - 23:54
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ހެނދުނު 10:00 އިން 14:00 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ.
770 ދުވަސް ކުރިން - 12:51
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. ފުވައްމުލަކަށް ވިލާގަނޑުގައި ގަޑިއަކު 44 މޭލަށް ވައިގަދަވި.
770 ދުވަސް ކުރިން - 11:59