Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފުވައްމުލަކަށް 44 މޭލަށް ވައިގަދަވި: މެޓް

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފުވައްމުލަކަށް 44 މޭލަށް ވައިގަދަވި: މެޓް

އާނާ ފަހީމް
612 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 11:59
ފުވައްމުލަކު ބީޗު ފޮޓޯ: ފްލިކަރ
ފުވައްމުލަކު ބީޗު ފޮޓޯ: ފްލިކަރ
ޚުލާސާ

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. ފުވައްމުލަކަށް ވިލާގަނޑުގައި ގަޑިއަކު 44 މޭލަށް ވައިގަދަވި.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވެފައިވަނީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގައި އެކި ހިސާބުތަކަށް ވައިޖެހުނު މިންވަރު ރެކޯޑްކޮށް އެ ޢަދަދުތައް އާންމުކޮށްފައެވެ.

މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ވިލާގަނޑުގައި ފުވައްމުލަކަށް ގަޑިއަކު 44 މޭލަށް ވައިގަދަވިއެވެ. ދެވަނައަށް އެންމެ ވައިގަދަވީ އދ. މާމިގިއްޔަށް ކަމަށްވާއިރު، އެ ރަށަށް ވިލާގަނޑުގައި 42 މޭލަށް ވަނީ ވައިގަދަވެފައެވެ. ތިންވަނައަށް އެންމެ ވައިގަދަވީ ބ. ދަރަވަންދޫއަށް ކަމަށްވާއިރު، އެ ރަށަށް ވިލާގަނޑުގައި 40 މޭލަށް ވަނީ ވައިގަދަވެފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެންމެ ވައިގަދަވިަދަވި ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި (37 މޭލް)، ހދ. މަކުނުދޫ (38 މޭލް)، ހުޅުލެ (38 މޭލް) އަދި އއ. ތޮއްޑޫ (37 މޭލް) ހިމެނޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ކަމަށް ރެކޯޑު ކުރެވިފައިވަނީ 1991 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުއެވެ. އެ ދުވަހު ސ. ގަމަށް ވިލާގަނޑުގައި ގަޑިއަކު 103.5 މޭލަށް ވަނީ ވައިގަދަވެފައެވެ.

ރާއްޖެއަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިކަމާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Ad
Ad

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

6 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

24 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

30 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

30 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

32 ދުވަސް ކުރިން - 18:09

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

33 ދުވަސް ކުރިން - 15:19

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%