މި އެކްސިޑެންޓު ހިނގޫ މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި މިއަދު ހެނދުނު 09:16 ހާއިރު. އަންހެން ކުއްޖާއަށް ފަރުވާ ދީފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން.
11 ގަޑިއިރު ކުރިން - 14:38
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންނަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ނައިބު ރައީސް ދުއާކުރެއްވި. އެ ދުވަހު 39 މީހުން ޒަހަމުވެ، ބޮޑެތި އަނިޔާތަކެއް ލިބުނު.
18 ދުވަސް ކުރިން - 15:20
3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތް. 4 ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަހައްދު.
21 ދުވަސް ކުރިން - 16:55
ފުވައްމުލަކުގަ ހުޅެވުނު މަސް ފިހާރައިންވެސް ހުކުރު ދުވަހު ހިމެނޭހެން ހަފުތާއަކު 7 ދުވަހު ހިދުމަތް ފޯރުކޮށްދޭނެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުން. މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ އަދި އައްޑޫ ސިޓީ ހިތަދޫގައި މަސްފިހާރައެއް ހުޅުވި.
29 ދުވަސް ކުރިން - 13:31
ޓްރެފިކް ލައިޓް ހަރުކުރުމާއި، ކާރުބާރު ބޮޑުވާ ވަގުތުތަކަށް ވަކި ބަސްތަކެއް ހަމަޖެއްސުމާއި، މާލެ-ހުޅުމާލެ ދަރިވަރުންގެ ބަސް ދަތުރުތައް ފެށުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. މީގެއިތުރުން ޗައިނާގެ އެހީގައި މަގުތައް ހެދުމުގެ މައިގަނޑު އެއް ސަބަބަކީ ޓްރެފިކް މައްސަލަ ހައްލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި.
47 ދުވަސް ކުރިން - 02:47
މި ފިޔަވަޅުގެ މައިގަނޑު މަޤުސަދަކީ މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަރަންޓު މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުން. އަދި ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި، މަގުކޮނުމުގެ މަސައްކަތްތައް ކުރާއިރު ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ.
52 ދުވަސް ކުރިން - 12:23
ކޭބަލަށް ގެއްލުންވުމުގެ ސަބަބުން ގިނަ ގޭބިސީތަކަކަށާއި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްތައް ކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަނގަޅަށް ރާވައި، ބިމުގެ އަޑީގައިވާ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ވަނީ އެދިފަ.
53 ދުވަސް ކުރިން - 10:01
ގާނޫނުގައި 15 ދުވަސްތެރޭ ޑިޕޮސިޓް ދޭން ލާޒިމުކުރިޔަސް، ތަންފީޒީ ނިޒާމާއި އެސްކްރޯ އެކައުންޓް ނެތުމުން ވެރިން އެ ފައިސާ ހިފަހައްޓާ. މީގެ ގެއްލުން ބޮޑަށް ވަނީ އަތޮޅުތަކުގެ ނިކަމެތި އާއިލާތަކަށް. މީގެ ހައްލަކީ ވަކި އެކައުންޓެއްގައި ފައިސާ ބެހެއްޓުމާއި، ކައުންސިލްތަކުން ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުން.
54 ދުވަސް ކުރިން - 22:00
މާލޭގެ ކަންކަންމަތީގައި ޕާކުކުރުމުން ދިމާވާ ތޮއްޖެހުމާއި އެކްސިޑެންޓްތައް މަދުކުރުމަށް، ސަރުކާރުން ވަނީ ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކުރުމަށް ރީނދޫ ރޮނގު ދެމުމުގެ މަސައްކަތް ފަށާފަ. މިއީ މަގުތައް އަމާންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް.
78 ދުވަސް ކުރިން - 10:18
ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަތީ މިއީ ދައުލަތުގެ ބަޖެޓުން އެކަނި ހިންގޭވަރަށްވުރެ ބޮޑު މަޝްރޫއަކަށް ވާތީ ކަމަށް. އަދި މިއަހަރު ނިމުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް ވިދާޅުވި.
115 ދުވަސް ކުރިން - 01:33
ޓްރާންސްޕޯޓް މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ދަތުރުފަތުރުގެ ދާއިރާއަށް ދެމެހެއްޓެނިވި ހައްލުތަކެއް ލިބިގެންދާނެ ކަމަށް. މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ.
122 ދުވަސް ކުރިން - 23:42
ނާސިހު ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެން. ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވޭ.
132 ދުވަސް ކުރިން - 19:32
އެއާޕޯޓް ލައިޓް ކައިރިން އެމްޓީސީސީ ބަހަކާއި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓު ވެފައިވޭ. އައްޑޫ ސިޓީގެ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި. މި އެކްސިޑެންޓްގެ ހަބަރު ލިބިގެން، ހޮސްޕިޓަލަށް ދިޔަ އަންހެނަކު ދުއްވި ވޭނެއް ކޮންޓްރޯލް ނުވެ، އިތުރު އެކްސިޑެންޓެއް ވަނީ ހިނގާފަ.
174 ދުވަސް ކުރިން - 01:55