
ތަހުގީގު ބަންދުގެ ގޮޅީގައި ހުއްޓާ ދަންޖެހުނު ކަމަށް ބުނާ އަތުހަރުގެ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން ވަނީ ތައްޔާރުވެފައި ކަމަށް ފުލުހުން ބުނޭ. މީގެ ކުރިން، އަންހެނަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފައިސަލް އިސްމާޢީލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހި މަރުވެފަ.
690 ދުވަސް ކުރިން - 21:33

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަތުހަރު، މިއަދު ހަވީރު މަރުވެއްޖެ. އޭނާ މަރުވީ އިއްޔެ ރޭ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ސަބަބުން ޞިއްޙީ ހާލަތު ގޯސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް.
690 ދުވަސް ކުރިން - 20:29

ގެއްލިގެން ހޯދަމުންދާ ތަސްލީމް މުހައްމަދުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަމާއި ގުޅޭ ޖިނާޢީ ތަހުޤީޤެއް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެއްލުނު ސަރަޙައްދު ފުޅާ ދާއިރާއެއްގައި ބަލާ ފާސްކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވާތީ ފުލުހުން ދަނީ ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ބަޔާން ނަގަމުން.
690 ދުވަސް ކުރިން - 20:27