
މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެއް. މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނު ކަމަށް ފުލުހުން ބުނި.
701 ދުވަސް ކުރިން - 14:42

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ފިހާރައެއްގެ ތެރޭގައި ތިން މީހުން ހަރަކާތްތެރިވާ މަންޒަރު. އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް އިކޮނޮމިކް ކްރައިން އިންވެސްޓިގޭޝަން ނަންބަރު 9790048 އަށް ގުޅައި ޙިއްސާކުރުމަށް ފުލުހުން ވަނީ އެދިފައި.
701 ދުވަސް ކުރިން - 14:08

ފުލުހުން ބުނީ ކަނޑިތީމުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް. އެ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ބައެއް ގޭގެ އިއްޔެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނި.
701 ދުވަސް ކުރިން - 11:13

ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށުމަށާއި އަސްކަރީ ތަމްރީނާއި ކުރިމަގުގެ ޖީލުތަކަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ރައީސް އަމާޒު ހިފައިފި.
20658 ދުވަސް ކުރިން - 05:00