ކަނޑިތީމުގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަނީ

އަައިޝަތު ޒީނާ | 422 ދުވަސް ކުރިން - 22 އޯގަސްޓް 2024 11:13
ށ. ކަނޑިތީމު، ފޮޓޯ: ބީއެމްއެލް
ށ. ކަނޑިތީމު، ފޮޓޯ: ބީއެމްއެލް
ޚުލާސާ

ފުލުހުން ބުނީ ކަނޑިތީމުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް. އެ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ބައެއް ގޭގެ އިއްޔެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނި.

ށ. ކަނޑިތީމުގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ކަނޑިތީމުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ބައެއް ގޭގެ އިއްޔެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމު މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން އެކަން ކުރާ ފަރާތްތަކުން ހައްޔަރުކުރުމާއި، އެކަން ކުރުމަށް ބޭނުންކުރާ ޢާލާތްތައް އަތުލައިގަތުމުގެ މަސައްކަތް ދިވެހި ފުލުހުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

އިއްބެ

422 ދުވަސް ކުރިން - 12:52

ކިހާ ދެރަކަންކަން މީދެން. ކިތައް މީހުންގެ އާއިލާ މި ހަލާކު ވެގެން ދަނީ މިކަމަކާއި ހެދި.

މޫސާ

422 ދުވަސް ކުރިން - 12:51

ސިހުރު ހަދާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ!