Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

މޯލްޑިވްސް ޕޮލިސް ސަރވިސް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި ދެ މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން މާލެ، ޒާހިދާ ތައުފީގު ވަނީ ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެފަ. އަނެއް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން.

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

މިއަދު ހެނދުނު 10:34 ހާއިރު ރިޕޯޓުކުރި މި ހާދިސާގައި ޒާހިދާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުން.

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަންއެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލައިގައި ހައްޔަރުކުރީ 23 އަހަރުގެ 2 ޒުވާނުން.

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މޭ މަހު އެކަނިވެސް ވައްކަމުގެ 339 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ. ފުލުހުންގެ އިދާރާއިން އަންނަނީ ކުށްމަދުކުރުމަށާއި، އާންމުންގެ މުދަލާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، މާލެއާއި އަތޮޅުތެރޭގައި ތަފާތު އޮޕަރޭޝަންތައް ހިންގަމުން.

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރާނީވިލާ / ޅ. ނައިފަރު، މުޙައްމަދު މުބާރިކް (32އ) އާއި ސައިލުގެ / ޅ. ނައިފަރު, ޙަސަން ޤާސިމް (23އ). ކޯޓުން ވަނީ މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ.

6 ދުވަސް ކުރިން - 12:06

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް. ކާރު ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލުމާއި ގުޅިގެން، އޭގައި ތިބި މީހުންނަށް ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ.

8 ދުވަސް ކުރިން - 12:10

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތޫ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 7 ދުވަސް ވަނީ ޖަހާފަ

8 ދުވަސް ކުރިން - 11:45

ޖިންސީ ގޯނާ ކުރި އިސްލާމް މުދައްރިސް 15 އަހަރަށް ޖަލަށް ލައިފި

ޖިންސީ ގޯނާ ކުރި އިސްލާމް މުދައްރިސް 15 އަހަރަށް ޖަލަށް ލައިފި

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އިސްލާމް މުދައްރިސަށް ހުކުމް ކުރީ ހައިކޯޓުން. މި މައްސަލަ ފުރަތަމަ ބެލި ދަށުކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވޭ. ހައިކޯޓުގެ ހުކުމުގައި އޭނަ ޖިންސީ އެދުމެއް އޮވެގެން ދަރިވަރުންގެ ގައިގައި އަތްލި ކަމަށް ވަނީ ކުށް ސާބިތުވެފަ.

8 ދުވަސް ކުރިން - 17:52

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ތިން މީހަކު ގެއްލިއްޖެ

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ތިން މީހަކު ގެއްލިއްޖެ

މި ހާދިސާ ހިނގާފައިވަނީ ޖުމްލަ 8 މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން އެ އުޅަނދު ދަތުރުކުރަމުން ދަނިކޮށް. ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފަ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުން.

23 ދުވަސް ކުރިން - 08:24

މިދިޔަ މަހު 180 ސްކޭމް މައްސަލަ!

މިދިޔަ މަހު 180 ސްކޭމް މައްސަލަ!

މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެއްވެސް މާލީ މުއާމަލާތެއް ފެށުމުގެ ކުރިން ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި، ގުޅޭނެ މަޢުލޫމާތުގެ އިތުރުން ކުރީގެ މުއާމަލާތްތައް ހުރި ގޮތް ރަނގަޅަށް ބަލައި ދެނެގަތުމަކީ މުހިންމު ކަމެއްކަން ފުލުހުން ފާހަގަކުރޭ.

24 ދުވަސް ކުރިން - 12:31

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމާއި، އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 56 މެންބަރުންގެ ތާއީދާއެކު.

26 ދުވަސް ކުރިން - 14:32

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީން. އޭގެ ތެރޭގައި ހިމެނޭ ބާކީ 2 ބިދޭސީން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހިންގަމުން.

29 ދުވަސް ކުރިން - 14:41

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ފުރާނަ ގުރުބާންކުރި ފުލުހުންގެ ހަނދާން އާކުރުމަށް, "ޕޮލިސް މެމޯރިއަލް ޑޭ" ގެ ޚާއްސަ ރަސްމިއްޔާތު އިސްކަންދަރު ކޮށީގައި މިއަދު ބާއްވައިފި. ރަސްމިއްޔާތުގެ ތެރެއިން، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަނިކޮށް ޝަހީދުވި ފުލުހުންގެ ހަނދާނުގައި ޚާއްސަ ހިމޭންކަމުގެ ސުކޫތެއް ގެނެވުނު.

37 ދުވަސް ކުރިން - 09:28

12345Next