Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ހުސައިން އިސްމާއިލް
16 ގަޑިއިރު ކުރިން - 23 ޖުލައި 2026 09:28
"ޕޮލިސް މެމޯރިއަލް ޑޭ" ގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން.
"ޕޮލިސް މެމޯރިއަލް ޑޭ" ގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން.
ޚުލާސާ

ގައުމީ ޚިދުމަތުގައި ފުރާނަ ގުރުބާންކުރި ފުލުހުންގެ ހަނދާން އާކުރުމަށް, "ޕޮލިސް މެމޯރިއަލް ޑޭ" ގެ ޚާއްސަ ރަސްމިއްޔާތު އިސްކަންދަރު ކޮށީގައި މިއަދު ބާއްވައިފި. ރަސްމިއްޔާތުގެ ތެރެއިން، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަނިކޮށް ޝަހީދުވި ފުލުހުންގެ ހަނދާނުގައި ޚާއްސަ ހިމޭންކަމުގެ ސުކޫތެއް ގެނެވުނު.

ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި ޚިދުމަތުގައި ދެމިތިއްބަވަނިކޮށް ފުރާނަ ގުރުބާންކުރި ފުލުހުންގެ އަގުވަޒަންކޮށް، އެބޭފުޅުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ބާއްވާ "ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަކުރުމުގެ ޚާއްސަ ރަސްމިއްޔާތު އިސްކަންދަރު ކޮށީގައި މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަނިކޮށް ޝަހީދުވި ފުލުހުންގެ ހަނދާނުގައި ޚާއްސަ ހިމޭންކަމުގެ ސުކޫތެއް ގެނެވުނެވެ.

މީގެ އިތުރުން، މި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފުލުހުންގެ މައި މަރުކަޒުތަކުގައި ވަނީ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ.

Advertisement

Advertisement 1

މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމަށްޓަކައި ފުރާނައިން ގުރުބާންވި ބަތަލުންގެ ޒިކުރާ އާލާކޮށް، އެބޭފުޅުންގެ އާއިލާތަކަށް މުއައްސަސާގެ ފަރާތުންދޭ އަހައްމިއްޔަތު ހާމަކުރުމެވެ. "ޕޮލިސް މެމޯރިއަލް ޑޭ" އަކީ 2012 ޖުލައި 23 ވިލޭރޭ ކ. ކާށިދޫގައި ރަސްމީ ވާޖިބު އަދާކުރައްވަމުން ގެއަށް ވަޑައިގަންނަވަނިކޮށް ރަހުމްކުޑަ ހަމަލާއެއްދީ ޝަހީދުކޮށްލި ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ފާހަގަކުރަން ފެށި ދުވަހެކެވެ. އޭނާގެ ވަކިވުމާ ގުޅިގެން، ކޮމިޝަނަރ އޮފް ޕޮލިސްގެ ނިންމެވުމުގެ މަތިން ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ ހަނދާނީ ދުވަހުގެ ގޮތުގައި ކަނޑައަޅައި، 2013 ވަނަ އަހަރުން ފެށިގެން މި ދުވަސް އަންނަނީ ރަސްމީކޮށް ފާހަގަކުރަމުންނެވެ.

މި ދުވަހުގެ މުނާސަބަތާ ދިމާކޮށް އިސްކަންދަރު ކޮށީގައި ފުލުހުންގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މުޖުތަމައުގައި ތިބި ލޭ ބޭނުންވާ ބަލިމީހުންނަށް އެހީތެރިވުމަށާއި، އިންސާނިއްޔަތުކަން ދިރުވުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ހަރަކާތެކެވެ.

ޕޮލިސް މެމޯރިއަލް ޑޭމިނިސްޓަރު އަލީ އިހުސާންމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

5 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

5 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

6 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

8 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

9 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

10 ދުވަސް ކުރިން - 13:45