ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ޕީޖީ އޮފީިހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން:
- ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް
- ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
- ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް
- ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް
- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން
- ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު
- އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު
ޝަމީމުގެ އަތުގެ މުލައްދަނޑި ޒަޚަމްކޮށްލި މިދުހަތު އާދަމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިތުރު ބަޔަކާއެކު ޝަމީމަށް ހަމަލާދިނުމަށް ރާވައި އަދި މީނާ ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށްފަިއިވާތީއެވެ.
މިދުހަތު ގޮވައިގެން އެތަނަށް ސައިކަލްގައި ދިޔައީ މުހައްމަދު ޖަޒްލާން ކަމަށްވާއިރު . އޭނާގެ މައްޗަށް މި ކުށް ރޭޥިކަމަށް ދަޢުވާ ކޯށްފައި ވެއެވެ. އަހުމަދު މައިސާން ހާޝިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، މިކަމުގައި ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ. މިމައްސަލައިގައި ދެން ހިމެނޭ ރަޖުވާން ލަތީފް، ޝަމާލް ހުސައިން، އަބާން އަބްދުލްހަންނާނު އަދި ޒަޔާން ނަސީރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، ހަމާދިން އިރު ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.
މިމީހުން ޝަމީމަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ހަތިޔާރަކީ މަރުތޭލެކެވެ.









