
ޕޮލިސް އިންސްޕެކްޓަރ އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނާއި އެފަދަ ފޮޓޯ/ވީޑިއޯ ގަންނަން ފައިސާ ދައްކާ މީހުންނާއި ފައިސާ ދައްކާފައިވާ މީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް. އެ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަކަމަށް އަޒީފް ވިދާޅުވި.
679 ދުވަސް ކުރިން - 18:09

މަހުގެ 9 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްވެފައި އޮތް މީހަކު ފެނުމާ ގުޅިގެން ކޯޓު އަމުރަކާ އެކު ހައްޔަރުކުރެވުނު ދެ މީހުންނަކީ ކ. ތުލުސްދޫ / ޕެރިސް ފައުޒަން ޒަރީރާއި، މާލޭ މއ. ވޮއްކޮޅުގެ އަޙްމަދު މާޒިން. ޒަޚަމްވެފައިވާ މީހާާއަށް މިހާރު ދަނީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން.
679 ދުވަސް ކުރިން - 17:39

ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކާއި ގުޅިގެން އޭނާގެ ހަށިގަނޑުގެ ތަހުލީލު ހަދަން ސާމްޕަލް ނެގުމަށް ފަހު މިއަދު ހެނދުނު ވަނީ އަނބުރާ ރަށަށް ގެންގޮސްފައި. އަދި މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ އެރަށު ސަހަރާގައި ވަޅުލާފައި.
680 ދުވަސް ކުރިން - 15:38