މޯލްޑިވްސް ޕޮލިހުން ދަނީ 34،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިމެނޭ ގޮތަށް ފާޅުކަން ބޮޑު ކޮންޓެންޓެއް ހިއްސާކުރާ 571 ޓެލެގްރާމް ޗެނަލް ތަހުގީގު ކުރަމުންނެވެ. ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެފަދަ ތަކެތި ބަލާ މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނޭ
753 ދުވަސް ކުރިން - 18:34
ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ހަމައެކަނި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް ހިމެނޭ ކަމަށް. އެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކޮށްފައިވަނީ ބައެއް ކުދިންގެ ވަނަވަރުވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން ބުނި.
753 ދުވަސް ކުރިން - 18:23