މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައިވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ސިފައިން ތިބި ސަރަޙައްދަކާ ކައިރިއަށް.
169 ދުވަސް ކުރިން - 03:48
މި ހަމަލާގެ ކުރިން، މިއަދު މެންދުރުފަހު 2:30 ހާއިރު (ޖީއެމްޓީން 11:30) އިޒްރޭލުގެ އުތުރުގައިވާ ހަނީތާ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ޖަމާއަތުން ވަނީ ހަމަލާދީފަ.
169 ދުވަސް ކުރިން - 02:59
އިސްރާއީލުގެ ސިފައިން މިހާރު ދަނީ ލިތާނީ ކޯރަށްވުރެ އެތެރެއަށް ވަދެ، ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒުކުރަމުން. ރައްދު ދިނުމުގެ ގޮތުން، ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުން ވަނީ އިސްރާއީލުގެ ސަރަޙައްދުތަކަށް ރޮކެޓް ޙަމަލާތަކެއް ފޮނުވާލާފައިވާކަން އިޢުލާންކޮށްފަ.
169 ދުވަސް ކުރިން - 02:47
މި ހަމަލާގައި 19 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ހަ އަންހެނުން ހިމެނޭ.
169 ދުވަސް ކުރިން - 02:38
ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުން ދިއުމަކީ ސުލްހައިގެ މަގަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ހާމިޝް ވިދާޅުވި. ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރުމަށް އޭނާ ބާރުއެޅުއްވި.
169 ދުވަސް ކުރިން - 02:12
އިސްރާއީލުގެ ސިފައިން ލުބުނާނުގެ ސަރަހައްދުތަކަށް އިތުރަށް ވަންނަމުންދާ ދިއުމަކީ "ސީރިއަސް ކަންބޮޑުވުމެއް" އޮތް ކަމެއް ކަމަށް ޔޯހަން ވަޑެފުލް ވިދާޅުވި.
169 ދުވަސް ކުރިން - 01:39
އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ މަރުޖަޔޫން ޑިސްޓްރިކްޓްގައި ހިމެނޭ ދުބައިބީން ނަމަކަށް ކިޔާ ރަށަށް ބޮން އަޅާފަ. މި ހަމަލާތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ މީހަކު މަރުވިކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައެއް ނުވޭ.
169 ދުވަސް ކުރިން - 01:24
އިގްތިސާދީ އަދި ސަގާފީ ގޮތުން މުހިންމު މި ސިޓީއަކީ ލުބުނާނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ސިޓީއެއް. މި ސިޓީ އިސްރާއީލުގެ އަތްދަށަށް ހިނގައްޖެނަމަ، މިއީ މި ހަނގުރާމައިގައި ލިބޭނެ ބޮޑު ބަދަލެއް.
170 ދުވަސް ކުރިން - 05:17
ލުބުނާނުން ބުނީ ހަނގުރާމަ މުޅީން ހުއްޓަލާނީ އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން އެއްކޮށް ފޭބުމުން ކަމަށް.
170 ދުވަސް ކުރިން - 09:51
އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ލުބުނާނުގެ ޠޫރު އާއި އެ ސަރަހައްދުގެ ވަށައިގެންވާ ތަންތަނަށް ބޮން އަޅާފަ.
172 ދުވަސް ކުރިން - 12:51
ވަގުތަކީ އިސްރާއީލުން ކުރިން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިތަކާއި އަނިޔާވި މީހުން ނެރުމުގެ މަސައްކަތުގައި ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން ދިޔަ ވަގުތެއް.
177 ދުވަސް ކުރިން - 23:30
ލުބުނާނުގެ ދެކުނުގައި ދިން ޑްރޯން ޙަމަލާ އެއްގައި އިސްރާއީލު ސިފައިންގެ ކެޕްޓަނަކު މަރާލައިފި
182 ދުވަސް ކުރިން - 09:20