ބެން ގްވީރް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ކަމުގައި ވިޔަސް ލުބުނާނުގެ ދެކުނު ސަރަހައްދުގައިވާ ގެތައް އިސްރާއީލުން ތަޅާނެ ކަމަށާއި، އިޒުރޭލަކީ މިނިވަން ދައުލަތެއް ކަމަށް.
151 ދުވަސް ކުރިން - 09:36
މި ހަމަލާގައި އެކަކު މަރުވެ އިތ8ރު ބަޔަކަށް ވަރަށް ބޮޑެތި ޒަޚަމަތައް ލިބިފައިވާއިރު އެމީހުންގެ ކޮމާންޑަރަށް ވެސް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނޭ.
151 ދުވަސް ކުރިން - 09:35
ހުރްމުޒް ކަނޑުއޮޅި ނުހުޅުބިގެ އުޅޭ މި ދަނޑިވަޅުގައި ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި. ޓްރަމްޕް ގެންދަނީ ނަތަންޔާހޫ އާއި މަޝްވަރާކޮށް ހަމަލާތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބޭ
155 ދުވަސް ކުރިން - 20:14
ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކަޓްޒް ނިންމީ ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ވަރުގަދަ ހަމަލާތަކެއް ދޭން. އެއީ ހިޒްބުاللهގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ތިބޭ ސަރަހައްދެއް. ދެންމެ ދިން ހަމަލާގައި މަދުވެގެން 7 މީހުން ޝަހީދުވެ ގިނަބަޔަކު ވަނީ ޒަޚަމް ވެފަ.
155 ދުވަސް ކުރިން - 17:59
ލުބުނާނަށް އެއްގަމުމަގުން އަރައި ހަނގުރާމަ ކުރަމުންދާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ އިޒުރޭލު ސިފައިން ލުބުނާނުގެ ފަސްގަނޑުން ބާލަން އިޒުރޭލު ސަރުކާރުން ތައްޔާރުވަމުން ދަނީ އެމެރިކާ އާއި އީރާނާއި ކުރެވެމުންދާ މަޝްވަރާތަކުގައި އީރާނުން ޑިމާންޑް ކުރަމުންދާތީވެ.
156 ދުވަސް ކުރިން - 23:19
ލުބުނާނުގެ އަސްކަރިއްޔާ އިން ބުނީ މި ޙަމަލާގައި ބްރިގޭޑިއާ ޖެނެރަލަކާއި ކެޕްޓަނަކާއި އިތުރު ސިފައިންގެ މީހަކު ޝަހީދުވެފައިވާ ކަމަށް. އިސްރާއީލުން ބުނީ ޙަމަލާ ދިނީ ގޯހެއް އުޅޭ ކަމަށް ޝައްކުކުރެވިގެން ކަމަށް.
163 ދުވަސް ކުރިން - 16:06
އިސްރާއީލު “ނަރަކައަކަށް” ހަދާލެވޭނެކަން އީރާނުން މީގެ ކުރިން ވެސް ވަނީ ދުނިޔެއަށް ސާފުކޮށް ދައްކާލާފަ. އެއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގަ.
163 ދުވަސް ކުރިން - 10:43
އެމެރިކާގެ ހުށަހެޅުމުގައި އިޒުރޭލުން ހަނގުރާމަ ހުއްޓާލާނެ ކަމަށް ބުނެ ގެރެންޓީއެއް ދީފައި ނުވޭ. އަދި ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލުން ފައިނާނެ ޓައިމްޓޭބަލެއް އަދި އެކަމާއި ގުޅޭ ޔަގީންކަމެއް ވެސް ދީފައެއް ނުވޭ. ވޮޝިންޓަނުން މިހާރު އިންތިޒާރު ކުރަމުންދަނީ ލުބުނާނުން ބުނާ އެއްޗަކަށް.
165 ދުވަސް ކުރިން - 11:09
ހިޒްބުالله އިން ބުނީ ރޭ ފަތިހު 3 ފަހަރެއްގެ މަތިން ރޮކެޓް ހަމަލާ ދިން ކަމަށާއި އޭގެތެރެއިން ފުރަތަމަ ހަމަލާ އަކީ “ރޮކެޓުގެ ރާޅެއް: ކަމަށް. ރޭ ވެސް ހިޒްބުاللهއިން ވަނީ އިޒުރޭލުގެ ސިފައިން ތިބި އެކި ތަންތަނަށް ހަމަލާ ދީފަ.
165 ދުވަސް ކުރިން - 07:17
އިސްރާއީލުގެ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ނޯދަން ބުރްޖް، 'އަބާ' އަދި ތިބްނީން ފަދަ ރަށްތަކަށް. މި ހަމަލާތަކުގައި ޖުމްލަ 45 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ. ޒަޚަމްވި މީހުންނަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ހާލު ސީރިއަސް މީހުންވެސް ހިމެނޭ.
167 ދުވަސް ކުރިން - 03:12
ޓްރަމްޕު ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުން އިސްރާއީލުގެ ސިފައިން ފަހަތަށް ޖެއްސުމަށް އެދިވަޑައިގެންފަ. އީރާނުގެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދާނަމަ، އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލާނެ ކަމަށް.
167 ދުވަސް ކުރިން - 06:21
ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކީ ހިޒްބުاللهގެ އެންމެ ބާރުގަދަ ސަރަހައްދުތައް.
168 ދުވަސް ކުރިން - 13:54