Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް ހިޒްބުاللهއިން ފޮނުވައިފި

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް ހިޒްބުاللهއިން ފޮނުވައިފި

ހުސައިން އިސްމާއިލް
8 ގަޑިއިރު ކުރިން - 4 ޖޫން 2026 07:17
ރޮކެޓް ހަމަލާތަކެއް ފޮނުވާލަނީ - ހިޒްބުالله އިން ބުނީ ރޭ އިޒުރޭލުގެ ސިފައިންނަށް އަމާޒުކޮށް ގިނަ ހަމަލާތައް ދިން ކަމަށް.
ރޮކެޓް ހަމަލާތަކެއް ފޮނުވާލަނީ - ހިޒްބުالله އިން ބުނީ ރޭ އިޒުރޭލުގެ ސިފައިންނަށް އަމާޒުކޮށް ގިނަ ހަމަލާތައް ދިން ކަމަށް.
ޚުލާސާ

ހިޒްބުالله އިން ބުނީ ރޭ ފަތިހު 3 ފަހަރެއްގެ މަތިން ރޮކެޓް ހަމަލާ ދިން ކަމަށާއި އޭގެތެރެއިން ފުރަތަމަ ހަމަލާ އަކީ “ރޮކެޓުގެ ރާޅެއް: ކަމަށް. ރޭ ވެސް ހިޒްބުاللهއިން ވަނީ އިޒުރޭލުގެ ސިފައިން ތިބި އެކި ތަންތަނަށް ހަމަލާ ދީފަ.

ދެކުނު ލުބުނާނުގައި ތިބި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް އެތައް ރޮކެޓް ހަމަލާއެއް ރޭ ދީފައިވާ ކަމަށް ހިޒްބުالله އިން ބުނެފި އެވެ. ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުالله އިން ވަނީ ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ ސިފައިންނާއި އެމީހުން ތިބި ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފުލުފުލުގައި ދިންކަމަށާއި، މި ރޮކެޓު “ރާޅުގައި” ޔަހޫދީންނަށް. ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އިއުލާންކޮށްފައެވެ.

ހިޒްބުالله އިން ބުނާ ގޮތުގައި ހަނގުރާމަވެރިން ވަނީ ޔަހުމަރު އަލް ޝަކީފްގެ އިރުދެކުނު ސަރަހައްދުގައި އިސްރާއީލުގެ ސިފައިން އެއްވެ ތިބި ތަނަކަށް ރޮކެޓްތައް ފޮނުވައި ހަމަލާ ދީފައެވެ. އަދި ވަކިވަކިން ދެ ރޮކެޓް ފޮނުވާފައި ވަނީ ފަރުބަދައިގެ ތިރީ، ދެކުނު ސަރަހައްދުގައި ތިބި އިސްރާއީލުގެ އަސްކަރީ ވެހިކަލްތަކަށް އަމާޒުކޮށް ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ. މިއަދު ދިން 3 ވަނަ ހަމަލާ އަކީ ވެސް ހިޒްބުالله އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހުމަރު އަލް ޝަކީފް ކައިރީގައި ދިން ހަމަލާއެކެވެ. އެއީ އިސްރާއީލުގެ ސިފައިންނާއި އުޅަނދުތަކަށެވެ.

ހިޒްބުالله އަށް ހަމަލާ ދިނުން ކުރިޔަށް ގެންދިޔުމާއި މެދު އިތުރު ޕްލޭންތައް ހެދުމަށް ރޭ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ. ރޭ ވެސް ހިޒްބުاللهއިން ވަނީ އިޒުރޭލުގެ ސިފައިން ތިބި އެކި ތަންތަނަށް ހަމަލާ ދީފައެވެ. ފަހަކަށް އައިސް ހިޒްބުالله އިން ފޮނުވާ ރިކެޓާއި ޑްރޯން ހަމަލާތައް ވަނީ އިތުރުވެފައެވެ.

Advertisement

Advertisement 1

ހިޒްބުاللهގެ އެންމެ ފަހުގެ ވާހަކަތަކާ ގުޅޭ ގޮތުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން އެއްޗެއް ބުނެފައި ނުވެއެވެ،

ހިޒްބުاللهލުބްނާން

Advertisement

Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

5 ގަޑިއިރު ކުރިން - 11:09

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

1 ދުވަސް ކުރިން - 03:12

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

2 ދުވަސް ކުރިން - 06:21

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

2 ދުވަސް ކުރިން - 05:32

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

3 ދުވަސް ކުރިން - 13:54

އިސްރާއީލަށް ދިން ޑްރޯން ހަމަލާއެއްގައި 4 ސިފައިން ޒަޚަމްވެއްޖެ

އިސްރާއީލަށް ދިން ޑްރޯން ހަމަލާއެއްގައި 4 ސިފައިން ޒަޚަމްވެއްޖެ

3 ދުވަސް ކުރިން - 04:06