ލުބުނާނުގެ ދެކުނުގެ މަގެއްގެ މަތިން ދަތުރުކުރަމުން ދިޔަ އެ ޤައުމުގެ ސިފައިންގެ އުޅަނދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ އޮފިސަރުންނާއި ސިފައިންގެ މީހަކު ހިމެނޭ ގޮތަށް ލުބުނާނުގެ ސިފައިންގެ ތިން މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ލުބުނާނުގެ ސިފައިން ބުނެފިއެވެ.
ލުބުނާނުގެ އަސްކަރިއްޔާ އިން ބުނީ މި ޙަމަލާގައި ބްރިގޭޑިއާ ޖެނެރަލަކާއި ކެޕްޓަނަކާއި އިތުރު ސިފައިންގެ މީހަކު ޝަހީދުވިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ އުޅަނދަށް އަމާޒުކޮށްފައި ވަނީ އެ ސަރަހައްދުގައި ގޯހެއް އުޅޭކަން ޝައްކު ކުރެވޭ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެމީހުންގެ އޮޕަރޭޝަންތައް އަމާޒުކޮށްފައިވަނީ ހަތިޔާރު އެޅި ޖަމާއަތްތަކަށެވެ.
މިހާދިސާ ހިނގާފައިވަނީ ލުބުނާނާއި އިސްރާއީލާއި ބައިނަލްއަގްވާމީ މެދުވެރިންނާ ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ. މި ތިން ސިފައިންގެ މަރުގެ މައްސަލަ ލުބުނާނުގެ ލީޑަރުން ވަނީ ކުށްވެރިކޮށްފައެވެ.









