Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލުބުނާނުން ފައިބާން ހުށަހެޅި ޝަރުޠުތަކަށް އިޒުރޭލުން ދެކޮޅު ހަދައިފި

ލުބުނާނުން ފައިބާން ހުށަހެޅި ޝަރުޠުތަކަށް އިޒުރޭލުން ދެކޮޅު ހަދައިފި

ހުސައިން އިސްމާއިލް
91 ދުވަސް ކުރިން - 30 މެއި 2026 09:51
ލުބުނާނުގެ ބޯޑަރު ކައިރީގައި އިޒުރޭލުގެ ސިފައިން  ޓޭންކުތަކުގައި.
ލުބުނާނުގެ ބޯޑަރު ކައިރީގައި އިޒުރޭލުގެ ސިފައިން ޓޭންކުތަކުގައި.
ޚުލާސާ

ލުބުނާނުން ބުނީ ހަނގުރާމަ މުޅީން ހުއްޓަލާނީ އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން އެއްކޮށް ފޭބުމުން ކަމަށް.

ލުބުނާނުގެ ދެކުނު ސަރަހައްދުގައި ހިފާފައިވާ ބިންތަކުން ޔަހޫދީ އިޒްރޭލުގެ ސިފައިން ފޭބުމަށް ލުބުނާނު ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް އިޒްރޭލުން ދެކޮޅު ހަދައިފިއެވެ.

ލުބުނާނުގެ ދެކުނު ބޯޑަރު ސަރަހައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ މެދުވެރިން މެދުވެރިކޮށް ލުބުނާނުން ވަނީ އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން އެއްކޮށް ފޭބުމަށް ޝަރުތު ކޮށްފައެވެ. ނަމަވެސް، އިޒްރޭލުން ވަނީ މި ޝަރުތު ގަބޫލުކުރަން އިންކާރުކޮށް، އެ ގައުމުގެ އުދުވާނީ ސިފައިން އެ ސަރަހައްދުގައި ދެމިތިބޭނެ ކަމުގެ އިޝާރާތެއް ދީފައި ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ހުށަހެޅުން ލުބުނާނުން ހުށަހެޅީ އެ ގައުމުގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށާއި، އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. ނަމަވެސް، އިޒްރޭލުން ބުނަމުންދަނީ އެމީހުން އެ ސަރަހައްދުގައި ތިބީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. މިއީ އިޒްރޭލުން އަބަދުވެސް ބިންތައް ފޭރިގަތުމަށް ދައްކާ ބަހަނާއެކެވެ.

Advertisement

Advertisement 1

ލުބުނާނުގެ ދެކުނުގައި އދ. އިން ކަނޑައަޅާފައިވާ "ބްލޫ ލައިން" ސަރަހައްދުގައި އިޒްރޭލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޔެލޯލައިނެއް ގާއިމްކޮށް އުދުވާނުތައް ހިންގަމުންނެވެ. މި ޔެލޯ ލައިނަކީ ޣައްޒާގައި އެޅިފަދަ ލައިނެކެވެ.

އިޒްރޭލުން ލުބުނާނުގެ ހުށަހެޅުމަށް ދެކޮޅު ހެދުމާއެކު، އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު މިވަނީ އިތުރުވެފައެވެ.

މި މައްސަލައިގައި ލުބުނާނު ސަރުކާރުން ބުނަމުންދަނީ، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިންތަކުން ފައިބައިގެން ނޫނީ އެ ސަރަހައްދުގައި ދާއިމީ ސުލްހައެއް ގާއިމު ނުކުރެވޭނެ ކަމަށެވެ. އިޒްރޭލުގެ މި ނިންމުމަކީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

ލުބްނާންއިސްރާއީލްލުބްނާން ހަނގުރާމަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

6 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

22 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

28 ދުވަސް ކުރިން - 14:29

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

31 ދުވަސް ކުރިން - 06:15