ގާތްގަނޑަކަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އަގުހުރި މި ޖެޓަކީ، ގަލްފް ސަރަހައްދުގެ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ހިންގާ ބައިނަލްއަޤްވާމީ އަސްކަރީ މިޝަނެއްގެ ދަށުން މިއަހަރުގެ މާރިޗު މަހު ސައުދީއަށް ގެންދިޔަ ބޯޓެއް.
27 ދުވަސް ކުރިން - 10:08
ގްރަވީނާ، ބުފޮން، ގަޓޫސޯ، މަލްޑިނީ އަދި ލިއޮނާޑޯ އިސްތިއުފާ ދިނުމުން އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ވަނީ ބޮޑު ހުސްކަމެއް އައިސްފަ. އާ ރައީސް މަލަގޯ މިހާރު ދަނީ މި މަގާމުތަކަށް އާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން.
80 ދުވަސް ކުރިން - 10:11
އީރާނު ހަނގުރާމައިގައި އިޓަލީން އެމެެރިކާއަށް އެހީތެރި ނުވުމުން ދެޤައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ ޖީ7 ސަމިޓުގައި މަގުބޫލު ވާންވެގެން ތިމަންނާ އާއި އެކު ފޮޓޯއެއް ނެގުމަށް މެލޯނީ "އާދޭސްކުރި" ކަމަށް. މެލޯނީ ވިދާޅުވީ ޓްރަމްޕް ހައްދަވަނީ ކަނޑައެޅިގެން "ދޮގު" ކަމަށް.
116 ދުވަސް ކުރިން - 10:09
މާލީ ފައިދާގެ ގޮތުގައި އޭނާ ވަނީ 1.2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ ވަނީ ހޯދާފަ. އެއީ އިޓަލީގެ ރައްޔިތެއް. އޭނާ ވަނީ ގޫގުލްއިން ކޮންމެ އަހަރަކު ނެރޭ "އިޔަރ އިން ސާޗް" ނުވަތަ އެންމެ ގިނައިން ސާޗްކުރި ތަކެތީގެ ލިސްޓުގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ބާޖީ ހަދާފަ.
141 ދުވަސް ކުރިން - 12:41
އިޓަލީގެ ފަތުރުވެރިންނާއި މަހުދީގެ ފުރާނަ ގެއްލުން ވެސް ސަރުކާރުގެ ބޮލަށް ޖަހައި، އިޓަލީ އިން ރާއްޖެއާއި ދެކޮޅަށް ދައުވާކުރަން އެމްޑީޕީން ދަނީ ބާރުއަޅަމުން.
148 ދުވަސް ކުރިން - 09:50
އެންމެ ފަހަށް އޮތް ދެހަށިގަނޑު ނެގީ މިއަދު
149 ދުވަސް ކުރިން - 13:57
ގެއްލުނު އެމީހުން ހޯދުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުރިޔަށް ދަނީ އޮރިއެންޓޭޝަން ޑައިވްއެއް.
151 ދުވަސް ކުރިން - 13:04
އެމްވީ ޑޫކް އޮފް ޔޯކް“ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް
153 ދުވަސް ކުރިން - 10:19
މޮންޓެފަލްކޯނޭ އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފަރުތަކާއި މުރަކަތަކާއި ކަނޑުގެ ލޮނުގަނޑާއި ގުޅޭ އެތައް ދިރާސާތައް ހެދި ޕްރޮފެސަރެއް.
154 ދުވަސް ކުރިން - 19:43
މި ހާދިސާގައި އެކަކު ފެނިފައިވާއިރު އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް.
154 ދުވަސް ކުރިން - 18:35
މެލޯނީ ވިދާޅުވީ މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދިމާވި އެންމެ ޙައްސާސް މައްސަލަ ކަމަށާއި، “ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ" ކަމަށް.
218 ދުވަސް ކުރިން - 03:14
ޣިރާޤުގައި ތިބި އިޓަލީ ސިފައިން ފުލައިޓުން ގެންދަން އިޓަލީ އިން ބިރު ގަނޭ. އެހެންވެ މަސައްކަތް ކުރަނީ އެއްގަމުމަގުން އެ މީހުން ބޭރުކުރަން.
218 ދުވަސް ކުރިން - 02:41
މެލޯނީ ވިދާޅުވީ އިޓަލީއަށް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވުމުގެ ދައުވަތު ލިބިފައިވާ ކަމަށާއި ރަނގަޅު ޖަވާބެއް ދޭނެ ކަމަށް.
242 ދުވަސް ކުރިން - 19:15