Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ގޫގުލްގެ މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ގޫގުލްގެ މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 28 މެއި 2026 12:41
ގޫގުލް---
ގޫގުލް---
ޚުލާސާ

މާލީ ފައިދާގެ ގޮތުގައި އޭނާ ވަނީ 1.2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ ވަނީ ހޯދާފަ. އެއީ އިޓަލީގެ ރައްޔިތެއް. އޭނާ ވަނީ ގޫގުލްއިން ކޮންމެ އަހަރަކު ނެރޭ "އިޔަރ އިން ސާޗް" ނުވަތަ އެންމެ ގިނައިން ސާޗްކުރި ތަކެތީގެ ލިސްޓުގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ބާޖީ ހަދާފަ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ގޫގުލްގެ ސޮފްޓްވެއާ އިންޖިނިއަރެއްގެ މައްޗަށް އިންސައިޑާ ޓްރޭޑިންގ ނުވަތަ ކުންފުނީގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އުފުލައިފި އެވެ. މި މައްސަލާގައި ތުހުމަތު ކުރެވެނީ "ޕޮލީމާކެޓް" ކިޔާ ޕްރިޑިކްޝަން މާކެޓް ޕްލެޓްފޯމެއްގައި ބާޖީ ހަދައިގެން 1.2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ އޭނާ ހޯދާފައިވާ ކަމަށެވެ.

ސްވިޒަލޭންޑްގައި ދިރިއުޅޭ އިޓަލީގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ މިޝޭލް ސްޕަގްނުއޯލޯގެ މައްޗަށް ބުދަ ދުވަހު ނިއުޔޯކްގެ ފެޑަރަލް ކޯޓުގައި ވަނީ މަކަރާއި ހީލަތް ހެދުމާއި، މަނީ ލޯންޑަރިންގްގެ ދައުވާ އުފުލާފައެވެ. ދައުވާގައިވާ ގޮތުން އޭނާ ވަނީ ގޫގުލްއިން ކޮންމެ އަހަރަކު ނެރޭ "އިޔަރ އިން ސާޗް" ނުވަތަ އެންމެ ގިނައިން ސާޗްކުރި ތަކެތީގެ ލިސްޓުގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ބާޖީ ހަދާފައެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ސްޕަގްނުއޯލޯ ބޭނުންކުރީ "އަލްފާ ރެކޫން" ނަމަކަށް ކިޔާ އެކައުންޓެކެވެ. މި އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ ގޫގުލްގެ 2025 ވަނަ އަހަރުގެ ސާޗް ނަތީޖާތަކާ ގުޅޭގޮތުން ގާތްގަނޑަކަށް 2.75 މިލިއަން ޑޮލަރުގެ ބާޖީ ހަދާފަ އެވެ. އޭގެ ތެރޭގައި، މަޝްހޫރު މިއުޒިކް ކުޅޭ ދީވްޑް (d4vd) އަކީ އެންމެ ގިނައިން ސާޗްކުރި މީހާގެ ގޮތުގައި ހިމެނޭނެކަން، ލިސްޓު އާންމުވުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާ ވަނީ ދެނެގަނެ ބާޖީ ކާމިޔާބުކޮށްފަ އެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓްގެ ޔޫއެސް އެޓާނީ ޖޭ ކްލޭޓަން ވިދާޅުވީ، ކުންފުނިތަކުގެ އެތެރޭގެ ސިއްރު މައުލޫމާތު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ދަހިވެތި އަމަލުތައް ތަހުގީގުކޮށް ދައުވާ ކުރާނެ ކަމަށެވެ.

ގޫގުލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެމުންދާ ކަމަށާއި، ކުންފުނީގެ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކުންފުނީގެ ސިޔާސަތުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. މިހާރު ސްޕަގްނުއޯލޯ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

ޕޮލީމާކެޓްގެ ތަރުޖަމާނަކު ބުނި ގޮތުގައި، އެ ކުންފުނިން ވަނީ މި ތަހުގީގުގައި އެމެރިކާގެ އެޓާނީ އޮފީހަށް ފުރިހަމަ އެއްބާރުލުން ދީފަ އެވެ. މިއީ މިފަދަ ޕްލެޓްފޯމެއްގެ އެހީތެރިކަމާއެކު އިންސައިޑާ ޓްރޭޑިންގްގެ މައްސަލައެއްގައި ދައުވާ އުފުލުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މިދިޔަ މަހުވެސް ވަނީ އެމެރިކާގެ ސިފައިންގެ މީހެއްގެ މައްޗަށް، އަސްކަރީ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމާ ގުޅޭގޮތުން ބާޖީ ހެދި މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. ގޭނަން ކެން ވަން ޑައިކް ނަމަކަށް ކިޔާ އެ މީހާ ވަނީ އެ ބާޖީން 400,000 އަށްވުރެ ގިނަ ޑޮލަރު ހޯދާފަ އެވެ.

އެމެރިކާއިޓަލީގޫގުލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

13 ގަޑިއިރު ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީއާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއިދުކުރާ މިލިޝިއާތަކަށް ހަމަލާދީފި

30 ދުވަސް ކުރިން - 17:45

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

31 ދުވަސް ކުރިން - 12:57