ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ރިސޯޓު ކައިރިޔަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ މެރިން ސައެންޓިސްޓުންނާއި ޕްރޮފެސަރުން ހިމެނޭ ގޮތަށް 5 މީހުން މަރުވި ނުވަތަ ގެއްލުނު މައްސަލައިގައި އެ މީހުން ގެންދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް، މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ ”އެމްވީ ޑޫކް އޮފް ޔޯކް“ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
12 ކޮޓަރީގެ ޑޫކް އޮފް ޔޫކްގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ނަމަކަށް ކިޔާ ބޭފުޅެކެވެ. މި ސަފާރީ ބަނދެފައި ވަނީ 2010 ގައެވެ.
އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އަދި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.









