Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރުވި ފަސް މީހުންގެ ތެރޭގައި ރާއްޖެއަށް އެހީތެރިވި މޮނިކާ އާއި އޭނާގެ އަންހެން ދަރިފުޅު

މަރުވި ފަސް މީހުންގެ ތެރޭގައި ރާއްޖެއަށް އެހީތެރިވި މޮނިކާ އާއި އޭނާގެ އަންހެން ދަރިފުޅު

ޢަބްދުﷲ ޖުނައިދު
106 ދުވަސް ކުރިން - 15 މެއި 2026 19:43
ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާކުރާ ޕްރޮފެސަރު މޮނިކާ އާއި އޭނާގެ އަންހެން ދަރި.
ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާކުރާ ޕްރޮފެސަރު މޮނިކާ އާއި އޭނާގެ އަންހެން ދަރި.
ޚުލާސާ

މޮންޓެފަލްކޯނޭ އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފަރުތަކާއި މުރަކަތަކާއި ކަނޑުގެ ލޮނުގަނޑާއި ގުޅޭ އެތައް ދިރާސާތައް ހެދި ޕްރޮފެސަރެއް.

1983 ވަނަ އަހަރަށް ފަހު މުޅި ދުނިޔޭގައި ވެސް ހިނގި އެންމެ ހިތްދަތި، އަދި ހިތާމަވެރި ޑައިވިންގ ހާދިސާ އަކީ ރާއްޖޭގެ ވ.އަތޮޅު ކަނޑު އަޑީގައި އިޓަލީގެ ފަސްމީހުން މަރުވި ހާދިސާއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ޔުނިވާސިޓީ ޕްރޮފެސަރަކާއި އޭނާގެ ޒުވާން އަންހެން ދަރިފުޅު ވެސް ހިމެނެއެވެ.

ވ. އަތޮޅުގެ 50-60 މީޓަރު އަޑިން މި މީހުން ހޯދުމަށްޓަކައި ހުރިހާ އާލާތްތައް ބޭނުން ކޮށްގެން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި ހިތާމަވެރި ހާދިސާގައި މެރިން ސައެންސަށް ލޯބިކުރާ “މުޖުތަމަޢު” ސިއްސައިގެން ދިޔައީ ޔުނިވާސިޓީ އޮފް ޖެނޯއާ އިން ނެރުނު ބަޔާނަކުންނެވެ. އެއީ އެ ޔުނިވާސިޓީގެ ޕްރޮފެސަރާއި، ޕްރޮފެސަރުގެ އަންހެން ދަރި ވެސް މަރުވުމުންނެވެ.

Advertisement

Advertisement 1

ހާދިސާގައި މަރުވި މީހުން:

  1. މޮނިކާ މޮންޓެފަލްކޯން، 52އ – އެސޯސިއޭޓް ޕްރޮފެސަރ އޮފް އިކޮލޮޖީ އެންޑް މެރިން ބަޔޮލޮޖިސްޓް
  2. ޖިއޮޖިއާ ސޮމާކަލް، 22އ – ބަޔޯމެޑިކަލް އިންޖިނިއަރު އަދި މޮނިކާގެ ދަރިކަނބަލުން.
  3. މުރިއެލް އޮޑެނިނޯ، 31އ – ރިސާޗަރ އަދި މެރިން އިކޯލޮޖިސްޓް
  4. ފެޑެރިކޯ ގުއަލްޓިއޭރީ، 31އ – މެރިން ބަޔޮލޮޖިސްޓެއް އަދި ޑައިވަރެއް
  5. ޖިއަންލޫކާ ބެނެޑެޓީ – ޑައިވިން އިންސްޓްރަކްޓަރ

މި ހާދިސާގައި މަރުވި މޮނިކާ އަކީ ރާއްޖެ އަށް އެހީތެރިވެދީފައިވާ ޕްރޮފެސަރެކެވެ. އެއީ ރާއްޖޭގެ ކަނޑުއަޑީގެ ދިރާސާތައް ކޮށްގެންނެވެ.

ރާއްޖޭގައި އޭނާ މައިގަނޑު ގޮތެއްގައި ކުރި ދިރާސާ ތަކަކީ މުރަކަ އާއި ފަރުތަކާއި މޫސުމަށް އަންނަ ބަދަލުތަކެވެ. 1997 ވަނަ އަހަރުން ފެށިގެން 2019 އާއި ދެމެދު ތަކުރާރުކޮށް ރާއްޖޭގެ މުރަކަ ހުދުވާ މައްސަލައިގައި އޭނާ ވަނީ ދިރާސާތައް ހަދާފައެވެ. އަދި ފަރުތަކަށް ގެއްލުން ލިބުނު ގޮތާއި އެއާއި ގުޅުން ހުރި އެތައް ކަމެއް ހިމެނޭ ދިރާސާއެއް 2020 ވަނަ އަހަރު މޮނިކާ ވަނީ ޝާއިޢު ކޮށްފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ރާއްޖޭގެ ބަޔޯޑައިވަރސިޓީ ހިމާޔަތްކުރުމާއި ހަލާކުވެ ވީރާނާވެ މަރުވަމުންދާ ފަރުތައް ޙިމާޔަތް ކުރުމުގެ މަޤްޞަދުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ރައްޖޭގެ އުތުރުގެ ފަރުތައް މަރުވާތީ ދިރާސާކޮށް، ފަރުތަކުގެ ދިރުން ރަނގަޅު ކުރުމަށް ހެދި ދިރާސާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިދިޔަ 2025 ވަނަ އަހަރު ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާ ގުޅުންހުރި ދިރާސާތަކެއް ކޯ-އޮތޯރ ކޮށް، ވިލިމާލެ ކައިރީގައި އިންދި މުރަކަތައް ދިރާސާކޮށް، މޮނިޓަރ ކޮށްފައިވެއެވެ.

އެހެންކަމުން، ދެކަފިވެފައިވާ ކަމަށް ކިޔައި އުޅޭ ވ. އަތޮޅުގެ އަޑީގައިވާ ބޮޑު ހޮހޮޅައިގައި މަރުވި ޕްރޮފެސަރު މޮންޓެފަލްކޯނޭ އަކީ ރާއްޖެ އާއި ގުޅުން ހުރި މިފަދަ ދިރާސާތައް ހިމެނޭ ގޮތަށް ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމާއި މުރަކަ ދިރާސާތަކުގެ ދާއިރާއިން ކުރި މަސައްކަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ވެސް އިހުތިރާމް ލިބިގެންވާ ފަރާތެއް ކަން ތާރީކަށް ޓަކައި ލިޔެލަން ޖެހެއެވެ.

ކޮންމެޔަކަސް، މަރަކީ އޭގެ ޙަޤީޤަތެއް އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ.

ރިޕޯޯޓްދިރާސާއިޓަލީ
Advertisement
Advertisement

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

22 ދުވަސް ކުރިން - 16:45

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

32 ދުވަސް ކުރިން - 10:11

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

56 ދުވަސް ކުރިން - 11:40

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

68 ދުވަސް ކުރިން - 10:09

ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ގޫގުލްގެ މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

ސިއްރު މައުލޫމާތު ބޭނުންކުރި ގޫގުލް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

93 ދުވަސް ކުރިން - 12:41

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

100 ދުވަސް ކުރިން - 09:50