އަނިޔާވެރިކަން ފެށުނު ފަހުން މަރާލި ޕެރެމެޑިކްސްގެ ޖުމްލަ އަދަދު 173 އަށް އަރާފައިވާއިރު ޒަޚަމްވީ 277 ޕެރަމެޑިކުން. އެމްބިއުލާންސްތަކުގެ ޢަދަދަކީ 243 ކަމަށް ވެސް ލުބުނާނު ހެލްތު މިނިސްތްރީން ބުނޭ.
669 ދުވަސް ކުރިން - 18:08
ބުލްޑޯޒަރުތަކުގައި ރޭ ފަލަސްޠީނު މުސްލިމުންނަށް ޙަމަލާދިން ވަގުތު މުޖާހިދުން ރައްދު ޙަމަލާދިނީ އެމީހުން އަމިއްލަޔަށް ތައްޔާރުކުރި ގޮވާތަކެތިން. ރޭ މަރާލި 4 އިޒްރޭލު ސިފައިންނާއެކު މިހާތަނަށް ޣައްޒާގައި 367 ޔަހޫދީ ސިފައިން މަރުވެއްޖެ.
670 ދުވަސް ކުރިން - 08:56
މިޤާނޫނުގެ ސަބަބުން އަންރުވާގެ ޙަރަކާތްތަކަށް އިޒްރޭލުން ހުރަސްއަޅައި އަންރުވާގެ މުވައްޒަފުންނާއި ތަކެއްޗަށް އިޒްރޭލާއި އެމީހުންގެ ބާރުގެ ދަށުގައި ތިބި ތަންތަނުގައި ޙިމާޔަތްދިނުން ނިމުމަކަށް އަންނާނެ.
671 ދުވަސް ކުރިން - 12:33