Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާއާއި ގުޅިގެން އިސްރާއީލުން އީރާނަށް ބަލިކަށި ހަމަލާއެއް ދިނުމަށްފަހު "ހަމަލާ ދިނުން ނިމުނީ" ކަމަށް ބުނެފި

އެމެރިކާއާއި ގުޅިގެން އިސްރާއީލުން އީރާނަށް ބަލިކަށި ހަމަލާއެއް ދިނުމަށްފަހު "ހަމަލާ ދިނުން ނިމުނީ" ކަމަށް ބުނެފި

ޖަވާދު
596 ދުވަސް ކުރިން - 26 އޮކްޓޫބަރު 2024 12:13
ރޭ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނަށް ދިން ޙަމަލާ. އީރާނުން ބުނީ ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަމަށް. / ފޮޓޯ: އިސްރާއީލް މީޑިއާ
ރޭ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނަށް ދިން ޙަމަލާ. އީރާނުން ބުނީ ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަމަށް. / ފޮޓޯ: އިސްރާއީލް މީޑިއާ
ޚުލާސާ

100 ފައިޓަރ ޖެޓް ބޭނންކޮށްގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިންއިރު ނިއުކްލިއަރ ޕްލާންޓުތަކާއި ތެލާއި ގޭހާބެހޭ ތަންތަނަކަށް ހަމަލާއެއް ނުދޭ. އީރާނުން ބުނީ އެގައުމުގެ ވަށައިގެންހުރި އެއާޑިފެންސް ސިސްޓަމްތަކުން ހަމަލާ ނާކާމިޔާބުކޮށްލި ކަމަށް.

އިޒްރޭލުން އީރާނަށް ޙަމަލާ ދީފިއެވެ. ރޭ ދަންވަރު ދިން މި ޙަމަލާގައި 100 ފައިޓަރ ޖެޓް ބޭނުންކޮށްގެން އީރާނުގެ އަސްކަރީ މަރުކަޒުތަކާއި މިސައިލް އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. މި ޙަމަލާގައި ސީރިއާއާއި ޢިރާޤަށް ވެސް އަމާޒުކޮށްފައި ވެއެވެ.

އެހެންނަމަވެސް، އީރާނުން ބުނެފައިވަނީ މި ހަމަލާ ނާކާމިޔާބުވި ކަމަށެވެ. އީރާނުގެ އެއަރ ޑިފެންސް ފޯސްއިން ބުނެފައިވަނީ އެ ޤައުމުގެ ވަށައިގެން ޤާއިމުކޮށްފައިވާ އެއަރ ޑިފެންސް ސިސްޓަމްތަކުން އިޒްރޭލުގެ ހަމަލާ ނާކާމިޔާބުކޮށްލި ކަމަށާއި، ލިބުނީ ކުޑަ ގެއްލުމެއް ކަމަށެވެ. އީރާނުން އިތުރަށް ބުނެފައިވަނީ 3 ސަރަހައްދެއްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވި ކަމަށާއި، އެތަންތަނަށް ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.

އިސްރާއީލުން ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ޤައުމުން ވަނީ އީރާނުގެ 20 އަސްކަރީ ތަނަކަށް ތިން ފަހަރެއްގެ މަތިން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް ދިނީ ފައިޓަރ ޖެޓްތަކާއި މިސައިލްތައް ބޭނުންކޮށްގެންނެވެ. އަދި މިހާރު މި ހަމަލާތައް ވަނީ ހުއްޓާލާފައެވެ.

Advertisement

Advertisement 1

އިސްރާއީލުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހަމަލާ ދިން ތަންތަނަކީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަނެވެ. މީގެ ތެރޭގައި ހިމެނެނީ:

1. އީރާނުގެ ވެރިރަށް ތެހެރާން

2. ގުމް ސިޓީ

3. ޚަރާޖް ސިޓީ

4. ތޯން ސިޓީ

މި ސިޓީތަކުގައިވާ އަސްކަރީ ބައެއް ބޭސްތަކާއި، ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކާއި، ޖާސޫސީ ބައެއް މަރުކަޒުތަކަށް ޙަމަލާ ދިން ކަމަށް އިސްރާއީލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، އީރާނުގެ އެންމެ ބޮޑު އެއް އެއަރޕޯޓް ކަމަށްވާ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

އެހެންނަމަވެސް، އީރާނުގެ އެއަރ ޑިފެންސް ފޯސްއިން ބުނެފައިވަނީ އެ ޤައުމުގެ ވަށައިގެން ޤާއިމުކޮށްފައިވާ އެއަރ ޑިފެންސް ސިސްޓަމްތަކުން އިޒްރޭލުގެ ހަމަލާ ނާކާމިޔާބުކޮށްލި ކަމަށާއި، ލިބުނީ ކުޑަ ގެއްލުމެއް ކަމަށެވެ. އީރާނުން އިތުރަށް ބުނެފައިވަނީ 3 ސަރަހައްދެއްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވި ކަމަށާއި، އެތަންތަނަށް ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށްވާއިރު، އިސްރާއީލުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހަމަލާދިން ތަންތަނުގެ ތެރޭގައި އީރާނުގެ ތެލާއި ގޭހާ ބެހޭ މަރުކަޒުތަކާއި ނިއުކްލިއަރ މަރުކަޒުތައް ހިމެނިފައެއް ނުވެއެވެ.

މީގެއިތުރުން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އިސްރާއީލުން ރޭގެ ޙަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ އެ ޤައުމުގެ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި އީރާނުގެ ޖައްވުވެސް ވަގުތީގޮތުން ބަންދުކޮށްފައެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އިސްރާއީލުގެ ހަމަލާތަކުގެ ތަންކޮޅެއް ކުރިންނެވެ.

އީރާނުގެ މަދަނީ ދިފާޢީ ޚިދުމަތްތަކުން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ކުއްލި ގޮތަކަށް ހަރަކާތްތެރިވާންޖެހޭ ފަދަ އެއްވެސް ހާލަތެއް ވެރިރަށް ތެހެރާނުގައި ނުވަތަ ތެހެރާނުގެ ބޭރު ސަރަޙައްދުތަކުގައި ކުރިމަތިވެފައެއް ނުވެއެވެ.

އިސްރާއީލުން ބުނެފައިވާ ގޮތުގައި، މި ހަމަލާތައް އީރާނަށް ދިނީ މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފަހުން ވަނީ ހާމަވެފައެވެ. ނަމަވެސް މީހަކު މަރުވެފައެއް ނުވެއެވެ.

އީރާނުން ކުރިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން ދޭ ރައްދު ހަމަލާތަކުން އީރާނަށް މާ ބޮޑު ގެއްލުމެއް ނުލިބޭނަމަ، އީރާނުން ސީދާ ގޮތެއްގައި އިސްރާއީލަށް ރައްދު ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ސަރަޙައްދީ ހަނގުރާމައަކަށް ދާން އީރާން ބޭނުންނުވާތީއެވެ.

އެމެރިކާއިސްރާއީލްއީރާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

6 ގަޑިއިރު ކުރިން - 00:26

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

10 ގަޑިއިރު ކުރިން - 20:14

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

12 ގަޑިއިރު ކުރިން - 17:59

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

20 ގަޑިއިރު ކުރިން - 09:46

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

1 ދުވަސް ކުރިން - 02:52

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

1 ދުވަސް ކުރިން - 11:14