Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސްކޫލާއި ހޮސްޕިޓަލުގެ އައިސީޔޫއަށް

އިސްރާއީލުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސްކޫލާއި ހޮސްޕިޓަލުގެ އައިސީޔޫއަށް

ޖަވާދު
639 ދުވަސް ކުރިން - 24 އޮކްޓޫބަރު 2024 23:07
ފައިލް ފޮޓޯ
ފައިލް ފޮޓޯ
ޚުލާސާ

އިސްރާއީލުން ޣައްޒާގެ ސްކޫލަކާއި ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަބަޔަކު ޝަހީދުވެއްޖެ. ސްކޫލަށް ދިން ޙަމަލާގައި އެކަނިވެސް މަދުވެގެން 16 މީހުން ޝަހީދުވި.

ޣައްޒާގެ މެދުތެރޭގައި އޮންނަ ޕަބްލިކް ސްކޫލަކަށް އިސްރާއީލު ސިފައިން ވައިގެ ހަމަލާދީ މަދުވެގެން ފަލަސްޠީނުގެ 16 މީހުން ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. މި ޙަމަލާ އަމާޒުކޮށްފައިވަނީ ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ޢާއިލާއަކުން ޙިމާޔަތް ހޯދާފައިވާ ނާސިރާތު ސްކޫލުގެ ޝުހާދާ (ޝަހީދުން) އަށެވެ. ބޮމުގެ ޙަމަލާގެ ސަބަބުން ސްކޫލާއި ކައިރީގައިވާ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އޭގެ ތެރޭގައި ލޯކަލް މާރުކޭޓެއް ވެސް ހިމެނެ އެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ޙަމަލާގައި އެތައް މިސައިލެއް ބޭނުންކޮށްފައިވާއިރު، ޒަޚަމްވި މީހުން ވަނީ ކައިރީގައި ހުރި އަލްއައުދާ އާއި އަލް އަޤްޞާ ހޮސްޕިޓަލްތަކަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ވަކިން ދިން އިތުރު ޙަމަލާތަެއްގައި އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާން ހޮސްޕިޓަލަށް ޙަމަލާ ދީފައެވެ. އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ހުޝާމް އަބޫ ސާފިޔާ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޙަމަލާ ދިނީ ސީދާ ހޮސްޕިޓަލަށް އަމާޒުކޮށެވެ. ހުރަސްއަޅަމުންނެވެ. މިވަގުތު 15 އަށް ވުރެ ގިނަ ބަލިމީހުންގެ ހާލު ސީރިއަސް ކަމަށް އެހޮސްޕިޓަލާއި ޙަވާލާދީ ޣައްޒާގެ ނޫސްތަކުން ބުނެއެވެ.

Advertisement

Advertisement 1

މިއީ ޣައްޒާގެ އުތުރުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ގަސްދުގައި ދެމުންދާ ސިލްސި؛ާ ޙަމަލާތަކެއްކަން ފާހަގަ ކުރެވެއެވެ. މިދިޔަ ހަފްތާގައި ޖަބަލިއާގެ އަލްއައުދާ ހޮސްޕިޓަލުގެ އިތުރުން އިންޑޮނޭޝިއާގެ ކަމާލް އަދުވާން އާއި ބެއިޓް ލަހިޔާގެ ހޮސްޕިޓަލްތަކަށް ވެސް ޙަމަލާ ދީފައިވެއެވެ. 

އިސްރާއީލުގެ ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ގާތްގަނޑަކަށް މުޅި އާބާދީ ގެދޮރު ގެއްލިފައިވާއިރު، މިހާރު ކުރިއަށްދާ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފަ އެވެ.

ޑަބުލިޔޫއެޗްއޯގެ ޓީމުތަކުން ޣައްޒާގައި ޕޯލިޔޯ ވެކްސިން ދިނުން ވެސް މެދުކަނޑާލާފައިވަނީ އިސްރާއީލްގެ ޙަމަލާތައް ސީދާ ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް އަމާޒުވަމުންދާ ދަނޑިވަޅުގައެވެ.

ޣައްޒާޑަބްލިޔޫއެޗްއޯއިސްރާއީލްޕޯލިއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

5 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

7 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

7 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

17 ދުވަސް ކުރިން - 13:08