މިއީ އުބައިދާ ޝަހީދު ކޮށްލައިފީމޭ ބުނެ ޚަބަރު ފަތުރި 23 ވަނަ ފަހަރު.
363 ދުވަސް ކުރިން - 04:22
އިސްރާއީލާއި ފަލަސްޠީނާއި ޖޯޑަން އާއި ލުބުނާނު އަދި ސީރިއާ ގަލީލީ ކޯރާއި ގުޅިފައިވާއިރު ކުލަ ބަދަލުވީ ހަމައެކަނި ޔަހޫދީންގެ ފަޅިން. މިއީ ކޯފާއެއް ކަމަށް އެއްބަޔަކު ބުނޭ.
364 ދުވަސް ކުރިން - 12:41
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ތެރޭގައި 4500 އަށް ވުރެ ގިނަ މީހުންގެ އަތް ބުރިކޮށްލައިފި. މީގެތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ.
364 ދުވަސް ކުރިން - 12:02
ޔަމަނުގެ ހޫޘީންގެ ބޮޑުވަޒިރު އަލް-ރަހަވީ އާއި ފޮރިން މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރާއި، އެނާޖީ މިނިސްޓަރާއި، އިޤްތިޞާދީ މިނިސްޓަރު ހިމެނެހެން މަތީފަންތީގެ 26 ވެރިން އިސްރާއީލުން ވަނީ ޝަހީދުކޮށްލާފަ.
364 ދުވަސް ކުރިން - 09:15
ޒައެނިސްޓް ޔަހޫދީން ޣައްޒާ އަށް އަރައި ހިންގި ޖަރީމާ ތަކުގައި 78،000 އަށް ވުރެ ގިނަ މީހުން ނުކުޅެދޭ މީހުންނަށް ހަދައިފި.
365 ދުވަސް ކުރިން - 14:19
ރޭގެ ޙަމަލާތައް ވަރުގަދަވެ، ޣައްޒާ ސިޓީ އާއި ދެކުނުގެ ޚާން ޔޫނިސް އާއި ރަފާހުގެ ސަރަޙައްދުތަކުގައި ބޮޑެތި ބޮމުގެ ޙަމަލާތައް ދީފައިވޭ.
366 ދުވަސް ކުރިން - 13:28
އީރާނުން އިސްރާއީލަށް ދިން ރައްދު ޙަމަލާތަކުގައި އިސްރާއީލް ފުނޑުފުނޑު ނުވީ ކިރިޔާ. އީރާނަކީ އެމެރިކާ ހީކުރިވަރަށްވުރެ ބާރުގަދަ ޤައުމަކަށް ވާތީ އެމެރިކާ މިހާރު އީރާނު ދެކެ ފަސްޖެހޭ.
367 ދުވަސް ކުރިން - 16:18
އިސްރާއީލުގެ ޖާސޫސީ ސިފައިން ޖަބަލް މަނާޢާގައިވާ އީރާނުގެ ސިއްރު އެއާބޭސް އަށް ވައިކުޑައިގައި ފޭބިއިރު އެ ތަނަކީ މިހާރު އީރާނުން ބޭނުން ނުކޮށް ދޫކޮށްލާފައިވާ ތަނެއް.
367 ދުވަސް ކުރިން - 13:08
އިސްރާއީލްގެ ސިފައިން މަރުވާން ފެށީމާ “އދ” ނިދިންހޭލައި ހަނގުރާމަ ހުއްޓުވައިލީ ޔަހޫދީންނަށް ސީރިއާގެ ބިމުން މާލެ ވަރުގެ 200 މާލެ ލިބުމުން. އެއީ ގޯލާންގެ އުސް ބިންތައް.
368 ދުވަސް ކުރިން - 21:13
ދިމިޝްޤު ކައިރިޔަށް އިސްރާއީލުން ދިން ޑްރޯން ހަމަލާތަކުގައި ސީރިއާގެ ހަ ސިފައިން މަރުވެއްޖެ.
368 ދުވަސް ކުރިން - 09:27
އިސްރާއީލުން ބިމުގެ އަޑިން ކޮނެ މަސްޖިދުލް އަޤްޞާގެ ބިންގާ ބަލިކަށި ކޮށްލައި އެ ތަނުގެ ދަށުން ޓަނަލް ހަދައިފި. އެ މީހުން ބުނަނީ އެތަނުގައި ފައްޅިއެއް އަޅާނަމޯ.
369 ދުވަސް ކުރިން - 16:32
މުސްލިމުން ޝަހީދުކޮށްލަން ޖެހުނު ކޮންމެ ތަނެއްގައި އަލިފާން ރޯކޮށްލައި ގޮއްވާލަން ކުރި މަސައްކަތުގައި އިސްރާއީލުން އޮޅިގެން އެ މީހުންގެ ކޮމާންޑަރެއް މަރާލައިފި.
371 ދުވަސް ކުރިން - 13:27