އަންނަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ދާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ލަފާ ކުރެވެނީ އޭނާގެ ދަތުރު ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 17 އިން 19 އަށެވެ. ނަމަވެސް ޕެންޓަގަނުން މިކަމެއް އަދި ރަސްމީ ކޮށް އިޢުލާނެއް ނުކުރެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ހައްދުފަހަނައެޅި ސަޙްޔޫނީ ޓެރަރިސްޓު އިސްރާއީލު ސަރުކާރުން ވަނީ ބިމުގެ އަޑި ކޮނެ މަސްޖިދުލް އަޤްޞާގެ ބިންގާ ބަލިކަށި ކޮށްލައި އެ ތަނުގެ ދަށުން ފެށިގެން ޓަނަލް ހަދާފައެވެ. މި ޓަނަލް ހެދުމުގެ މަސައްކަތް އެ މީހުން ފެށީ 1970 ގެ އަހަރުތަކުން ފެށިގެންނެވެ. ޓެމްޕަލް މައުންޓްގެ ހުޅަނގު ފަރާތުގައި ގާތްގަނޑަކަށް 500 މީޓަރު ދިގު މި ޓަނަލްގެ ބައެއް ތަންތަން ގާތްގަނޑަކަށް 13 މީޓަރުގެ އަޑިއަށް ފޯރާފައިވެ އެވެ.
އެ ބޮޑު ޓަނަލުގެ ތެރޭގައި މުޖުރިމު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވީޑިއޯ އެއް ވެސް ނަގާފައެވެ. މިއީ މާތްވެގެންވާ ނަބިއްޔާ ސުލައިމާނު ޢަލައިހިއްސަލާމުގެ “ޓެމްޕަލް” އަލުން ބިނާކުރުމަށް އިސްރާއީލުން އެތައް ޒަމާނެއް ވަންދެށް ރާވާފައިވާ ޕްލޭނެއްގެ ބައެކެވެ. އެ މީހުން ޤަބޫލުކުރާ ގޮތުގައި މަސްޖިދުލް އަޤްޞާ ބިނާ ކޮށްފައި ވަނީ އެ މީހުންގެ މުޤައްދަސް ފައްޅި މަތީގައެވެ. ވީމާ މަސްޖިދުލް އަޤްޞާ ތަޅާލައި ބިމާއި ހަމަކުރުމަށް ފަހު އެ ތަނުގައި ބިނާ ކުރާނީ ސުލައިމާނުގެފާނުގެ ފައްޅި ކަމަށް އެ މީހުން ބުނެއެވެ. މާނައަކީ މާތްވެގެންވާ މަސްޖިދުލް އަޤްޞާ ވުޖޫދުން ފޮހެލާނީއެވެ. މިއީ ޒައެނިސްޓުންގެ ޕްލޭނެވެ.
އިސްލާމީ ޢަޤީދާގައި ސުލައިމާނުގެފާނު ނަމާދުފުޅު ކުރެއްވި ޔަހޫދީން އެ ބުނާ ޓެމްޕަލްގައި (ޙަރާމް އަލް ޝަރީފް) އަކީ ނަބިއްޔާ ސުލައިމާނުގެފާނާއި ކައު އިތުރު ނަބިއްޔާ މުޙައްމަދު (ޞޢވ) ހިމެނޭ ގޮތަށް އެތައް ނަބިއްޔުންނެއް ނަމާދުފުޅު ކުރެއްވި މުޤައްދަސް ތަނެކެވެ. އިސްރާއީލޭ ކިޔާ ބައިގަނޑަކީ ސުލައިމާނު ޢަލަހިއްސަލާމަށް ވެސް ޙަރާންކޯރުވި މީހުން ކަމަށް ވެފައި، ބާވައިލެއްވި ޔަހޫދީ ދީން ވެސް އިސްލާމް ދީން ބާވައިލެއްވުމާއި އެކު ބާޠިލް ވެގެން ދިޔުމުން، މިއަދު ޔަހޫދީންގެ ނަމުގައި ތިބި ޒައެނިސްޓުންނަށް އެ ބިމަކީ ޙަޤީޤަތުގައި ޒައްރެއްގެ މިންވަރުވެސް ޙައްޤު ތަނެއް ނޫނެވެ.
ކޮންމެޔަކަސް، އެމެރިކާއިން ވަނީ ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް މީގެ ކުރިން ބަލައިގަނެ އެޤައުމުގެ އެމްބަސީ އެތަނަށް ބަދަލުކުރާކަން އިއުލާންކޮށްފައެވެ. ޓްރަމްޕްގެ ކުރިއަށް އޮތް ދަތުރަކީ އިސްރާއީލުގެ އެ ޢަމަލުތައް މެކުހަށް ޖެހުމަށް އިސްލާމީ ދުނިޔެއަށް ލިބިދޭ މެސެޖެކެވެ.
ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި އިޒްރޭލޭ ކިޔުނު ވިހަގަދަ ހަރުފައިގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށް ވޮޝިންޓަނުން ހެސްކިޔާފައި މަސައްކަތްކުރާ ކަމުގެ އިޝާރާތެކެވެ.
ޙަޤީޤަތުގައި މިއަދު ޣައްޒާގެ މައްސަލައިގައި ބައެއް ހުޅަނގުގެ ޤައުމުތަކުން މުޒާހަރާކޮށް އިސްރާއީލުގެ ޢަމަލުތައް ކުށްވެރި އެ ކުރަނީ ފަހަރެއްގައިވެސް މުސްލިމުންނަށް ހެޔޮ އެދިގެނެއް ނޫނެވެ. އެއީ ސީދާ ސިޔާސީ ސްޓަންޓުތަކެވެ. އަދި ފަލަސްޠީނުގެ ދައުލަތް ތިމަންނާމެން ބަލައިގަންނާނަމޭ ބުނާއިރު، މާކުރިއްސުރެވެސް އެތާނގައި އޮތީ ފަލަސްޠީނު ދައުލަތެކެވެ. އެ މީހުން އެ މަސައްކަތް އެ ކުރަނީ އިސްރާއީލުގެ ދައުލަތް އެތަނުގައި އޮތުމަށް މުސްލިމުންގެ ރުހުން ހޯދުމަށެވެ.
ނިކަން ތާރީޚަށް ބަލާލަމާ ހިނގާށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފަލަސްޠީނުގެ ބިމަށް ޔަހޫދީ ޒައެނިސްޓުން ގެނެސް އަޅައިލީ ސީދާ އިނގިރޭސީވިލާތުންނެވެ. މިއީ ކަލޭމެންގެ ޤައުމޭ ކިޔައި ނުބައިނުލަފާ އިނގިރޭސީން އެކަން ކުރީ ނޮވެމްބަރު 2، 1917 ގައެވެ. އެއަށްފަހު 1920 ވަނަ އަހަރުން ފެށިގެން ރަސްމީކޮށް އެ މާތް ބިމަށް ނަޖިސް ޔަހޫދީން ވަޒަންވެރިވުމަށް ހުޅަނގުން ހިތްވަރު ދޭން ފެށިއެވެ. މި ދުވަސްވަރު ޔޫރަޕުން، ޚާއްޞަކޮށް އިރުމަތީ ޔޫރަޕާއި ރަޝިޔާއިން އެތައް ހާސް ޔަހޫދީންނެއް އައިސް، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ގާތްގަނޑަކަށް 85،000 ވަރަކަށް ނަޖިސް ޔަހޫދީން އެ މުޤައްދަސް ބިމަށް “އަޅައިލިއެވެ”. އެއާއި އެކު ދުވަހަކަށް ވުރެ ދުވަހަކު އެ ބިމަށް ޒައެނިސްޓުން އެ ދަނީ އަތްގަދަ ކުރަމުންނެވެ.
ވީމާ، ގަރުދިޔަ ކައްކަން މަހެއް ކޮށާހެން ޣައްޒާ ރައްޔިތުން ފޮތިފޮތިކުރިޔަސް ހުޅަނގުން ޙަޤީޤަތުގައި އެކަމާއި ދެކޮޅެއް ނަހަދާނެއެވެ. މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށްވެ ކާފަރުންނާއި ކުރިމަތިލަފާނެތީވެ، އެކަން މައިތިރިކުރުމަށްޓަކައި ހުޅަނގުގެ ކާފަރުން ވެސް ޕްލޭނެއް ގެންގުޅެއެވެ. އިސްރާއީލުގެ ޙަމަލާތައް ކުށްވެރިކުރުމާއި، ފަލަސްޠީނަށް އެހީ ވުމާއި، ފަލަސްޠީނު ދައުލަތް ބަލައިގަންނަމޭ ކިޔައި ކުރާ މުޒާހަރާތަކަކީ އެ ޕުލޭނުގެ ބައެކެވެ. ވާނީ ވެސް އެހެންތާއެވެ. އިސްރާއީލަކީ އިނގިރޭސިވިލާތާއި ހުޅަނގުން “ކިރުދީ ބޮޑުކުރި” ވިހަކަން ގަދަ ހަރުފައެކެވެ”.
ސުވާލަކީ މުސްލިމް ދުނިޔެއިން އަދިވެސް ޖަވާބުދާރީވަމުން ދާން ވީ ހަމައެކަނި ބަޔާންތަކާއި ޤަރާރުތަކުން ތޯއެވެ؟ އަދި ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުން ދިފާޢުކުރުމުގައި ނާކާމިޔާބުވެފައިވާ މުސްލިމް ލީޑަރުންގެ ފަރާތުން ޚިޔާނާތްތެރިވެފައިވާ ކަމަށް މިއަދު އިހުސާސް ނުކުރެވޭ ތޯއެވެ؟