Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާން ދެކެ އެމެރިކާ އާއި އިޒްރޭލު ވެސް ބިރުގަނޭ

އީރާން ދެކެ އެމެރިކާ އާއި އިޒްރޭލު ވެސް ބިރުގަނޭ

ޢަބްދުﷲ ޖުނައިދު
367 ދުވަސް ކުރިން - 28 އޯގަސްޓް 2025 16:18
އީރާންގެ ލީޑަރު ޚާމަނާއީ (ވ) އަދި މެދުގައި އެމެރިކާގެ ރައީސް ޓްރަމްޕް ހުރިއިރު ދެން ހުރީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ: އީރާނު ދެކެ އެމެރިކާ އާއި އިސްރާއީލުން ފަސްޖެހޭ.
އީރާންގެ ލީޑަރު ޚާމަނާއީ (ވ) އަދި މެދުގައި އެމެރިކާގެ ރައީސް ޓްރަމްޕް ހުރިއިރު ދެން ހުރީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ: އީރާނު ދެކެ އެމެރިކާ އާއި އިސްރާއީލުން ފަސްޖެހޭ.
ޚުލާސާ

އީރާނުން އިސްރާއީލަށް ދިން ރައްދު ޙަމަލާތަކުގައި އިސްރާއީލް ފުނޑުފުނޑު ނުވީ ކިރިޔާ. އީރާނަކީ އެމެރިކާ ހީކުރިވަރަށްވުރެ ބާރުގަދަ ޤައުމަކަށް ވާތީ އެމެރިކާ މިހާރު އީރާނު ދެކެ ފަސްޖެހޭ.

މި އަހަރުގެ ޖޫން މަހު އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ދެގައުމަށް ވެސް ބޮޑެތި ގެއްލުންތަކާއި އަނިޔާތަކެއް ލިބުނު ނަމަވެސް އޭގެ އަސަރު އެންމެ ބޮޑަށް ކުރީ އިސްރާއީލަށެވެ. ދުނިޔޭގެ ބާރުތަކުން އެއްވެ ހަނގުރާމަ އަވަހަށް ހުއްޓުވައިލީ ވެސް އީރާނުން އިސްރާއީލު “ސުންނާފަތި” ކޮށްލާނެތީވެ އެ ކަމާއި ބިރުންނެވެ.

މި ހަމަނުޖެހުން ފެށުނީ ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ވައިގެ ޙަމަލާތަކެއް ދިނުމުންނެވެ. ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ އެތައް ސަތޭކަ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް އިސްރާއީލަށް ފޮނުވާލައި، މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ހޮސްޕިޓަލްތަކާއި އެއާޕޯޓަށް ހަމަލާދީ ނަތަންޔާހޫ ގަޔަށް “ރެވޭ’ ވަރު ކޮށްލާފައެވެ.

އަލްޖަޒީރާއިން އޭރު ޢާންމުކުރި ހިސާބުތަކާއި އެހެން މީޑިއާތަކުން ބުނި ވާހަކަތަކަށް ބަލާއިރު އިސްރާއީލުގެ މަދުވެގެން 28 މީހުން މަރުވެ 3،238 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އެންމެ ބިރުވެރި ޙަމަލާތަކުގެ ތެރޭގައި އިސްރާއީލުގެ އެޕާޓްމަންޓް އިމާރާތަކަށް އީރާނުން ފޮނުވައިލި މިސައިލް ޙަމަލާއެއްގައި އެއްފަހަރާ 200 މީހުން ޒަޚަމް ވި ޙަމަލާ ހިމެނެއެވެ. އެ ފަހަރު މިނެޓެއްގެ ތެރޭގައި 9 މީހުން މަރުވިއެވެ. މީގެ އިތުރުން، ސޮރޯކާ މެޑިކަލް ސެންޓަރަށް ފޮނުވައިލި ޙަމަލާއިން މަދުވެގެން 50 މީހުން ޒަޚަމް ވުމާއި، 240 އިމާރާތެއްގެ ތެރެއިން 2،300 އަށް ވުރެ ގިނަ އެޕާޓްމަންޓް ހަލާކުވެ، އިސްރާއީލުގެ 13،000 އަށް ވުރެ ގިނަ މީހުން ރެފިއުޖީންނަށް ބަދަލުވެގެންދިޔަ ޙަމަލާތައް ހިމެއެވެ.

Advertisement

Advertisement 1

މި ހަނގުރާމައިގައި އީރާނުގެ 935 މީހުން މަރުވެ 4،000 އަށް ވުރެ ގިނަ މީހުން ޒަޚަމް ވިޔަސް، އާބާދީ އަށް ބަލާއިރު އީރާނުން ޒަޚަމް ވެ އަދި މަރުވީ 0.0010 އިންސައްތަ މީހުންނެވެ. އެއީ އިސްރާއީލުން މަރުވެ ޒަޚަމް ވީ 0.0028 އިންސައްތައެވެ. ހަނގުރާމަ ހުއްޓައިލައި އިސްރާއީލުން އަމާން ދިނީ މި ސަބަބާއި ހެދިއެވެ.

އިސްރާއީލުން ޙަޤީޤަތުގައި އީރާނަށް ޙަމަލާ ދިނުމަށް މިހާރު ފަސްޖެހެއެވެ. ނަމަވެސް އިސްރާއީލުން މިހާރު ގެންދަނީ އެމެރިކާ އާއި ގުޅިގެން އިތުރު ޙަމަލާތަކެއް ކުރިޔަށް އޮތްތަނުގައި އީރާނަށް ދިނުމަށް ޕްލޭން ކޮށް އެ ކަމުގެ ތައްޔާރީތައް ވަމުން ކަމަށް ނުރަސްމީ މަސްދަރުތަކުން ބުނެއެވެ.

އީރާނަކީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީގެ ކާމިޔާބީތައް އެތައް ދާއިރާތަކުން ހޯދާފައިވާ ސަރަޙައްދީ ބާރުގަދަ ޤައުމެކެވެ. އެކަން އެމެރިކާ ދަނެއެވެ. މެދުއިރުމަތީގެ އެންމެ ޒަމާނީ މިސައިލްތަކުގެ ތެރޭގައި ހިމެނޭ ދުރު ރާސްތާ ބެލިސްޓިކް އަދި ކްރޫޒް މިސައިލް ހިމެނޭ ގޮތަށް ޒަމާނީ މިސައިލް ސިސްޓަމްތައް އެޤައުމުން ވަނީ ތަރައްޤީކޮށްފަ އެވެ. އީރާނުން ވަނީ ނިއުކްލިއާ ޓެކްނޮލޮޖީ އާއި ޖައްވީ ދިރާސާތަކާއި ސެޓެލައިޓްތަކާއި ގުޅޭ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިއަދު އީރާނުން އެ ދަނީ އަމިއްލައަށް ޖައްވަށް ސެޓްލައިޓްތައް ފޮނުވަމުންނެވެ.

އީރާނުގެ ޑްރޯން ތަކާއި އިންސާނުން ބޭނުން ނުކޮށް ޙަމަލާދޭ ހަނގުރާމަމަތީ އާލާތްތަކުގެ ސަބަބުންނާއި ސައިބަރ ސެކިއުރިޓީ އާއި އަސްކަރީ އިލެކްޓްރޯނިކްސްގެ ސަބަބުން އެ ޤައުމު މިއަދު ވެފައި ވަނީ ސައިންޓިފިކް ރިސާޗްގެ ހަބެއްގެ ގޮތުގައެވެ. މި ޓެކްނޮލޮޖީގެ ކާމިޔާބީތަކުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާއިން ޙާޞިލް ކުރަން ބޭނުންވާ ކާމިޔާބީތައް ޙާޞިލް ނުވެދާނެތީވެ އެމެރިކާ ކަންބޮޑުވެއެވެ.

އީރާންއެމެރިކާއިސްރާއީލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

14 ގަޑިއިރު ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

5 ދުވަސް ކުރިން - 13:33

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

10 ދުވަސް ކުރިން - 04:34

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%