އިސްރާއީލުގެ ފެން ލެޔަށް ބަދަލުވެ ޔަހޫދީންނަށް ކޯފާއެއް!؟

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 31 އޯގަސްޓް 2025 12:41
ގަލީލީ ކޯރުގެ ކުލަ “ލެޔަށް” ބަދަލުވެފަ. ކުލަ ބަދަލުވީ އިސްރާއީލުގެ ފަޅިން އެކަނި.
ގަލީލީ ކޯރުގެ ކުލަ “ލެޔަށް” ބަދަލުވެފަ. ކުލަ ބަދަލުވީ އިސްރާއީލުގެ ފަޅިން އެކަނި.
ޚުލާސާ

އިސްރާއީލާއި ފަލަސްޠީނާއި ޖޯޑަން އާއި ލުބުނާނު އަދި ސީރިއާ ގަލީލީ ކޯރާއި ގުޅިފައިވާއިރު ކުލަ ބަދަލުވީ ހަމައެކަނި ޔަހޫދީންގެ ފަޅިން. މިއީ ކޯފާއެއް ކަމަށް އެއްބަޔަކު ބުނޭ.

އިސްރާއީލުން ޣައްޒާ މުސްލިމުން ދިރިތިއްބައި އަންދައި ގުނަވަންތައް ބުރިކޮށް ޝަހީދުކޮށް، އަދި ޣައްޒާގެ ޢަރަބި ނަސްލު އެކީއެކަށް ފޮހެލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިސްރާއީލުގެ އެންމެ މީރު ފެނުގެ ކޯރު ތަޣައްޔަރުވެ އެ ކޯރުގެ ކުލަ ލެޔަށް ބަދަލު އެތައް ޔަހޫދީއަކަށް އެ މީރު ފެނުގެ ކޯރުން ފެން ލިބުން މަޙްރޫމް ވެއްޖެއެވެ. މިއީ ކޯފާއެއް ކަމަށް އެއްބަޔަކު ސިފަކުރެއެވެ.

ގަލީލީ ކޯރުގެ ކުލަ “ލެޔަށް” ބަދަލުވެފަ. ކުލަ ބަދަލުވީ އިސްރާއީލުގެ ފަޅިން އެކަނި. މިއީ އިސްރާއީލުގެ އެންމެ މީރު ފެން ކޯރު.

އެގައުމުގެ އެންމެ ބޮޑު ގަލީލީ ކޯރު ތަޣައްޔަރުވުމާއި ގުޅިގެން މިހާރު އެ ކޯރަށް އެއްވެސް ބަޔަކު ބިރުން ނުވެސް ފައިބައެވެ.

ޔަހޫދީ ސައިންޓިސްޓުން ވަނީ ގަލީލީ ކޯރަށް އެހެން ވީ ކީއްވެގެންތޯ ދިރާސާކޮށް ޓެސްޓު ކޮށްފައި އެއީ ޤުދުރަތީ ކަމެއް ކަމަށް ބުނެފައެވެ. އަދި ކޯރަށް ފޭބިކަމުގައި ވިޔަސް އެއީ ފުރާނައަށް ނުރައްކާވާނެ ކަމެއް ނޫންކަމަށް ސައެންޓިސްޓުން ބުންޏަސް ޔަހޫދީ ރައްޔިތުން އެ ކޯރުގެ ފެން އެއްވެސް ކަމަކަށް މިހާރު ބޭނުމެއް ނުކުރެއެވެ.

އިސްރާއީލާއި ފަލަސްޠީނާއި ޖޯޑަން އާއި ލުބުނާނު އަދި ސީރިއާ މި ކޯރާއި ގުޅިފައިވާޢިރު ކުލަ ބަދަލުވެފައި ވަނީ ހަމައެކަނި ޔަހޫދީންގެ ފަޅިންނެވެ. އިސްރާއީލުން ދަނީ ގަލީލީ ކޯރު މޮނިޓަރ ކުރަމުން ކަމަށް ވާއިރު މިއީ ކޯފާއެއް ކަމަށް ބައެއް ޔަހޫދީ ޢިލްމުވެރިން ވެސް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

9 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%