އިސްރާއީލުން އޮޅިގެން ޣައްޒާ ގައި ހުރި އެމީހުންގެ ކޮމާންޑަރު މަރާލައިފި

ޢަބްދުﷲ ޖުނައިދު | 17 ގަޑިއިރު ކުރިން - 24 އޯގަސްޓް 2025 13:27
އިސްރާއީލުން ގޮއްވައިލި ބޮމަކުން އެ މީހުންނަށް އޮޅިގެން މަރާލެވުނު ކޮމާންޑަރު ލެފްޓިނެންޓް އޮރީ ގޭރްލިކް / ފޮޓޯ: އިސްރާއީލް މީޑިއާ
އިސްރާއީލުން ގޮއްވައިލި ބޮމަކުން އެ މީހުންނަށް އޮޅިގެން މަރާލެވުނު ކޮމާންޑަރު ލެފްޓިނެންޓް އޮރީ ގޭރްލިކް / ފޮޓޯ: އިސްރާއީލް މީޑިއާ
ޚުލާސާ

މުސްލިމުން ޝަހީދުކޮށްލަން ޖެހުނު ކޮންމެ ތަނެއްގައި އަލިފާން ރޯކޮށްލައި ގޮއްވާލަން ކުރި މަސައްކަތުގައި އިސްރާއީލުން އޮޅިގެން އެ މީހުންގެ ކޮމާންޑަރެއް މަރާލައިފި.

ޙަމާސްގެ ހަނގުރާމަވެރިން އަތުލައިގަތުމުގެ ނަމުގައި ޣައްޒާ ގައި ފެށި އޮޕަރޭޝަން މާސިންގާ ޤަތުލުޢާއްމަކަށް ބަދަލުވެ، އެޔެއްމިއެއް ނުބަލައި ޖެހުނު ކޮންމެ ތަނަކުން މުސްލިމު ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް އަލިފާން ރޯކުރަމު ންދިޔަ އިސްރާއީލު ސިފައިންނަށް އެމީހުންގެ ކޮމާންޑަރުގެ ގައިގައި އަލިފާން ރޯކޮށް އޭނާ މަރާލެވިއްޖެއެވެ. މި ހާދިސާ ހިނގީ އިއްޔެ ޣައްޒާގެ ދެކުނުގައި އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން މުސްލިމުން ޝަހީދުކުރަން ކުރި މަސައްކަތުގެ ތިެރޭގައެވެ.

އިސްރާއީލުން ބުނީ އިއްޔެ އެ މީހުން ގޮއްވައިލި ބޮންތަކުގެ ތެރެއިން ބޮމަކުން ރޯވި އަލިފާނުގައި އަނދައިގެން ދިޔައީ މެއިޓާގެ ކްފިރް ބްރިގޭޑްގެ ޝިމްޝޮން ބެޓޭލިއަންގެ ޕްލެޓޫން ކޮމާންޑަރެއް ކަމަށްވާ ލެފްޓިނެންޓް އޮރީ ގޭރްލިކް ކަމަށެވެ.

އައިޑީއެފުން ބުނީ ކޮމާންޑަރު ގޭރްލިކް މަރުވީ ޚާން ޔޫނިސްގައި ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައެވެ.

މި ހާދިސާ އާއި އެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެއްގަމުމަގުން ޣައްޒާއަށް އަރައި ޖަރީމާތައް ހިންގަން ފެށި ފަހުން ޣައްޒާގައި މަރުވި އިސްރާއީލުގެ އަސްކަރިއްޔާގެ ޖުމްލަ އަދަދު ވަނީ ހާހަކާއި ގާތްވެފައި ކަމަށް ހިސާބުތަކުން ދައްކައެވެ.

އައިޑީއެފުން ފަލަސްޠީނުގައި ޝަހީދުކޮށްލި މުސްލިމުންގެ ޙަޤީޤީ ޢަދަދެއް މިހާރު ނުވެސް އެނގެއެވެ. އދ އިން ބުނަނީ ފަލަސްތީނުގެ 61،000 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާއިރު، އޭގެ ބޮޑު ބަޔަކީ ކުށެއް ނެތް އާންމުންނެވެ. ނަމަވެސް ސީދާ އަދަދެއް އަދި ގާތްކުރަނީ ސީދާ މިހާވަރަށޭ ކިޔައި ވެސް ވަކި ޢަދަދެއް އެ މީހުނެއް ނުބުނެއެވެ. އދ އިން ހާމަކުރާ ޢަދަދު ތަކުގައި ފުށުއެރުންތައް އުޅެއެވެ. ބޮންގޮއްވާލައި އަނދައި އަޅިއަށްވާ މީހުންނާއި ޢިމާރާތްތަކުގެ ދަށުގައި ކުނިވެފައިވާ އެތައް ހާސް ބަޔަކު ތިބިއިރު އެ މީހުން ވެސް މަރުވި މީހުންގެ ލިސްޓަކަށް އަރުވާފައެއް ނުވެއެވެ. ޚަބަރު ލިބޭ ގޮތުގައި ސަބަބަކީ އެ މީހުންނަކީ ސީދާ ކޮންބައެއްކަން ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް ކުނިވެފައި ވާތީއެވެ. ޙަމާސްއިން ބުނީ 1 ލައްކައަށްވުރެ ގިނަ މުސްލިމުން ޣައްޒާއިން ޝަހީދު ކޮށްލައިފި ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%