ހައްދުފަހަނަ އަޅާފައިވާ ޒައެނިސްޓުން ޣައްޒާގެ ޢަރަބި ނަސްލު ފޮހެލައި އެ ބިމަށް ވެރިވެގަތުމަށް ހިންގާ ޤަތުލުޢާންމުގެ ސަބަބުން 4500 އަށްވުރެ ގިނަ މުސްލިމުންގެ އަތް ބުރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީގެތެރޭގައި އިސްރާއީލުން އެޅި ބޮމުގެ ސަބަބުންނާއި އަދި އަމާޒުކޮށްގެން އެ މީހުން ދިން ސްނައިޕަރާއި މިސައިލް ޙަމަލާތަކުގެ ސަބަބުން އަތް ހަށިގަނޑާއި ވަކިވި މީހުންނާއި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުންނަށް މަޖުބޫރުވެގެން (އެ ނޫން ގޮތެއް ނެގިގެން) ޒަޚަމްވެ ހަލާކުވެފައިވާ އަތް ބުރިކޮށްލަން ޖެހުނު މީހުން ވެސް ހިމެނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީންގެ ސަބަަބުން 800 ކުޑަކުދިންގެ އަތް މުޅި ޢުމުރަށް ވަނީ ގެއްލި އެ ކުދީން ނުކުޅެދޭ މީހުންނަށް ވެފައެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ޣައްޒާގައި އަތްފައި ބުރިވެފައިވާ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ 15 އަހަރުން ދަށުގެ ކުދިންނެވެ.