އީރާނުގެ މަތީފަންތީގެ ގިނަ ބޭފުޅުންތައް ވަނީ ޝަހީދު ކޮށްލާފަ
163 ދުވަސް ކުރިން - 14:02
އީރާނުން ޤަޠަރުގެ ގޭސް ފެސިލިޓީ އަށް މިރޭ ޙަމަލާ ދިނުމާއި ގުޅިގެން ޤަޠަރާއި އީރާނާއި ދެމެދު މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ
164 ދުވަސް ކުރިން - 06:10
އީރާނުން ދަނީ ފުލުފުލުގައި ޓެލްއަވީވް އަށް ޙަމަލާ ދެމުން.
164 ދުވަސް ކުރިން - 05:57
ތެހެރާނާއި ދެކޮޅަށް ޢަދުއްވުން ހިންގާ ޢަމަލުތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތެއްގައި ބައިވެރިވުމަކީ އޭގެ ނަތީޖާ ލިބޭނެ ކަމެއް ކަމަށް އީރާނުން ބުނޭ.
164 ދުވަސް ކުރިން - 05:50
އޭނާ ފާހަގަކުރި ގޮތުގައި އީރާނުން އަމަލުކުރަމުން ދިޔައީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް. ދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލުން ދައްކާ ބަހަނާތަކާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވޭ.
164 ދުވަސް ކުރިން - 05:31
ދުނިޔޭގެ އެންމެ ބޮޑު އެއް ލިކުއިފައިޑް ގުދުރަތީ ގޭސް އެކްސްޕޯޓް ހަބް ކަމަށްވާ ރާސް ލަފާން ގޭސް ފެސިލިޓީ އަށް އީރާނުން ޙަމަލާ ދީފި.
164 ދުވަސް ކުރިން - 05:31
ހަނގުރާމަ ހުއްޓާލުމަށް އީރާނުގައި ދެޤައުމަކުން ވަނީ އެދިފަ. ނަމަވެސް، އީރާނުން ބުނީ އިޒުރޭލާއި އެމެރިކާ އާއި އެކު މަޝްވަރާ ކުރާކަށް ބޭނުން ނުވާ ކަމަށް.
164 ދުވަސް ކުރިން - 18:27
އީރާނުން މިރޭ ފޮނުވައިލި ޙަމަލާ ތަކުގެ ސަބަބުން ޓެލް އަވިވް ގެ 8 ސަރަޙައްދެއްގައި ރޯވެ އަނދަމުން އެބަދޭ
165 ދުވަސް ކުރިން - 04:25
އިޒުރޭލުން ބުނީ މުޖްތަބާ ޚާމަނާއީ ޓެރްކް ކުރާނެ ކަމަށް.
165 ދުވަސް ކުރިން - 03:49
ނުރަސްމީ ޗެނަލްތަކުން އެނގޭ ގޮތުގައި މުޖްތަބާ ޚާމަނާއީ އަށް ފަރުވާ ދެނީ ރަޝިއާގައި. އޭނާގެ ފަޔާއި އަތާއި ބަނޑަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި.
165 ދުވަސް ކުރިން - 01:27
ލާރީޖާނީ އާއި ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް ޒައެނިސްޓުން ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ތެހެރާނުން އަދި ވަކި އެއްޗެއް ނުބުނޭ.
165 ދުވަސް ކުރިން - 00:16
ޓްރަމްޕް ވިދާޅުވީ ޔޫރަޕާއި ނޭޓޯ އަށް އެމެރިކާ އިން ސަލާމަތީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ނަމަވެސް އެމެރިކާ ކަމަކު ބޭނުންވުމުން ޔޫރަޕުން އެހީ ނުވިކަމަށް.
165 ދުވަސް ކުރިން - 23:48