އީރާނުގެ މިހާރުގެ ލީޑަރު މުޖްތަބާ ޚާމަނާއީ ހުރި ތަނަކުން ޓްރެކް ކޮށް އޭނާ މަރާލާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ.
އިސްރާއީލުގެ މިލިޓަރީ ތަރުޖަމާނު ބުނީ މުޖްތަބާ ޚާމަނާ އަކީ ސަރަޙައްދަށާއި އަދި މުޅި ދުނިޔެ އަށް ހުރި ނުރައްކަލެއް ކަމަށެވެ.
އެހެންނަމަވެސް، ޙަޤީޤަތަކީ މުޅި ދުނިޔެއަށް ހުރި ނުރައްކަލަކީ ޒައެނިސްޓް އިޒުރޭލެވެ. އީރާނުން މިހާރު ދެމުންދާ ޙަމަލާ ތަކަކީ ދިފާޢި ރައްދު ޙަމަލާ ތަކެކެވެ.
މުޖުތަބާ ޓްރެކުކޮށް މަރާލާނެ ކަމަށް އިޒުރޭލުން ބުނި މި ދަނޑިވަޅަކީ އޭނާ ރަޝިޔާގައި ޞިއްޙީ ފަރުވާ ހޯދަމުން ގެންދާ ދަނޑިވަޅެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
ނުރަސްމީ މަސްދަރުތަކުން ބުނަނީ މުޖްތަބާ ޚަމަނާއީ މިވަގުތު އޮތީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް މޮސްކޯ ސަރުކާރުން މިވާހަކަތަކަށް ރަސްމީ ސިފައިގައި އެކަށީގެންވާ ޖަވާބެއް ނުދެއެވެ. ކްރެމްލިން އިން ބުނީ މިކަމުގައި ޖަވާބު ދޭން ބޭނުން ނުވާ ކަމަށެވެ.









