Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަނިޔާ އަށް ފަހު މުޖުތަބާ ޚާމަނާއީގެ ޙާލު ރަނގަޅު: އީރާން

އަނިޔާ އަށް ފަހު މުޖުތަބާ ޚާމަނާއީގެ ޙާލު ރަނގަޅު: އީރާން

ހުސައިން އިސްމާއިލް
85 ދުވަސް ކުރިން - 18 މާޗް 2026 01:27
މުޖްތަބާ ޚާމަނާއީގެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނޭ
މުޖްތަބާ ޚާމަނާއީގެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނޭ
ޚުލާސާ

ނުރަސްމީ ޗެނަލްތަކުން އެނގޭ ގޮތުގައި މުޖްތަބާ ޚާމަނާއީ އަށް ފަރުވާ ދެނީ ރަޝިއާގައި. އޭނާގެ ފަޔާއި އަތާއި ބަނޑަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި.

އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތާބާ ޚާމަނާއީގެ ހާލު ސްޓޭބަލް ކަމަށާއި، ވަރަށް އަވަހަށް ރަސްމީ ބަޔާނެއް ނެރޭނެ ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އިސްމާއީލް ބަޣާއީ އާއި ޙަވާލާދީ ރަޝިޔާގެ މަސްދަރަކުން ބުނެފިއެވެ.

ރަޝިޔާ އިން މިރޭ މިހެން ބުނީ، މުޖްތަބާގެ ބައްޕާފުޅު، ކުރީގެ ލީޑަރު ޢަލީ ޚާމަނާއީ އާއި އެހެނިހެން އިސް ބޭފުޅުން މަރުވި ޙަމަލާގެ ތެރޭގައި މުޖްތާބާ ޚާމަނާއީ އަށް އަނިޔާތަކެއް ލިބި އޭނާ ދިރިހުރި ކަމާއި މެދު ޝައްކު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

ނުރަސްމީ މަސްދަރުތަކުން ބުނަނީ މުޖްތަބާ ޚަމަނާއީ މިވަގުތު އޮތީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް މޮސްކޯ ސަރުކާރުން މިވާހަކަތަކަށް ރަސްމީ ސިފައިގައި އެކަށީގެންވާ ޖަވާބެއް ނުދެއެވެ. ކްރެމްލިން އިން ބުނީ މިކަމުގައި ޖަވާބު ދޭން ބޭނުން ނުވާ ކަމަށެވެ.

Advertisement

Advertisement 1

ބައިނަލްއަޤްވާމީ މަޝްހޫރު މަސްދަރުތަކުން އެނގޭ ގޮތުގައި މުޖްތަބާ ޚާމަނާއީ އޭނާގެ ޒިންމާ އަދާކުރައްވަން އޮފީހަށް ނުކުމެވަޑައި ނުގަންނަވައެވެ. ނުރަސްމީ ޗެނަލްތަކުން އެނގޭ ގޮތުގައި އޭނާގެ ފަޔާއި އަތާއި ބަނޑަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީ އާއި ޙަވާލާދީ ރަޝިޔާ އިން ރިޕޯޓުކުރާ ގޮތުގައި މުޖްތަބާ ޚާމަނާއީ ގެންދަވަނީ އީރާނުގެ ދައުލަތުގެ ކަންކަން ފުރިހަމަ އަށް ކޮންޓްރޯލްކޮށް ބަލަހައްޓަމުންނެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ހިމެނޭ ގޮތަށް އީރާނުގެ މުއައްސަސާތަކުން ވަނީ ޚާމަނާއީގެ ޢާއިލާ އަށް ވަފާތެރިވުމަށް އެންމެން އެކަތިގަނޑަކަށް ވެ، އެ ނިޒާމުގެ ތެރޭގައި ހަމަޖެހުން ވަރުގަދަކޮށްފައި ކަމަށް މަސްދަރުތައް ބުނެއެވެ

މުޖްތަބާ ޚާމަނާއީއީރާންރަޝިއާއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

21 ގަޑިއިރު ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

23 ގަޑިއިރު ކުރިން - 11:26

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

3 ދުވަސް ކުރިން - 02:45