އީރާނުގެ ޤައުމީ ސަލާމަތާއި ބެހޭ އެންމެ މަތީ ކައުންސިލުގެ ސެކްރެޓަރީ ޢަލީ ލާރީޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ޣުލަމްރިޒާ ސުލައިމާނީ ގެ އިތުރުން އެ ޖަމާއަތުގެ މަތީ މަޤާމުތަކުގައި ތިބި އިތުރު ބަޔަކު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޢަލީ ލާރީޖާނީ
މިއީ ތެދެއް ކަމުގައި ވަނީ ނަމަ، ކުރީގެ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ އަށް ފަހު މިއީ އިޒުރޭލުން އަވަހާރަ ކޮށްލި އީރާނުގެ އެންމެ އިސް ފަރާތެވެ.
ލާރީޖާނީ އާއި ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް ޒައެނިސްޓުން ކޮށްފައިވާ ރިޕޯޓާއި ގުޅިގެން ތެހެރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ދިން ޙަމަލާތަކުގައި ތެހެރާންގެ 12،000 އެއްހާ ހައުސިން ޔުނިޓް ވެސް ވަނީ ހަލާކުވެފައި ކަމަށް އީރާނުގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.









