ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން ދަތުރުކުރި ބޮޑު ކޮންޓެއިނަރު މުދާ އުފުލާ ބޯޓެއް އަޑިޔަށް ހިނގައްޖެއެވެ.
އީރާނުން ބުނީ މައިނެއްގައި ޖެހި 2,500 އަށްވުރެ ގިނަ ކޮންޓޭނަރު އުފުލި ބޮޑު އާގުބޯޓު އަޑިއަށް ދިޔަ ހާދިސާގައި، ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް ހިންގި ކުއްލި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށެވެ.
އީރާނުގެ އިންގިލާބީ ގާޑް (އައި.އާރް.ޖީ.ސީ) ގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓުގައި ރޯވެ އަޑިއަށް ދާން ފެށުމާއެކު ކަނޑަށް ފުންމާލި 24 ފަޅުވެރިން ވެސް އީރާނުގެ ކޯސްޓުގާޑުން ވަނީ ހެޔޮ ހާލުގައި ސަލާމަތްކޮށް، އީރާނުގެ ބަންދަރު އައްބާސް ސިޓީގެ ޕޯޓަށް ގެންގޮސްފައެވެ.
މި އުޅަނދު މިހާރު ވަނީ ފެތިފައެވެ.



