ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މައި އެއަރޕޯޓަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން ދިން ނުރައްކާތެރި ހަމަލާތަކެއްގައި އެ ޤައުމުގެ ތިން ރައްޔިތަކު މަރުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަރަޙައްދަށެވެ. މި ހަމަލާގައި ސަޢޫދީގެ ތިން ރައްޔިތުން މަރުވުމުގެ އިތުރުން، އެއަރޕޯޓުގެ ބައެއް ވަސީލަތްތަކަށާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ހަމަލާއާ ގުޅިގެން އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަގުތުން ވަރުގަދަކޮށްފައިވާއިރު، އެ ވަގުތު އެއަރޕޯޓުން ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ބައެއް ފްލައިޓުތައް ވެސް ވަނީ މެދުކަނޑާލައި އެހެން އެއަރޕޯޓުތަކަށް ބަދަލުކޮށްފައެވެ.



