އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމަށާއި ހުރްމުޒް ކަނޑުއޮޅި ރައްކާތެރި ކުރުމަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވުމުން އެކަމަށް ނޭޓޯ އިން އިންކާރު ކޮށްފިއެވެ. މި އާއި އެކު ނޭޓޯގެ މެމްބަރުންނާއި އެމެރިކާގެ އެކުވެރި ޔޫރަޕުގެ ޤައުމުތައް ދެކެ ކޯފާ އިސްކުރައްވައި އެ ޤައުމުތަކަށް ވަރަށް ބޮޑަށް ޓްރަމްޕް ފާޑު ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ ޔޫރަޕުން އެމެރިކާގެ އަސްކަރީ އެހީ އާއި ރައްކާތެރިކަން ލިބިގަންނައިރު، އެމެރިކާ މިއަދު ބޭނުމަކު ޖެހުމުން ޔޫރަޕުން އެމެރިކާ އަށް އެހީތެރިކަން ފޯރުކޮށް ނުދޭ މަންޒަރެވެ.
އިސްރާއީލާއި އެމެރިކާ އާއި ގުޅުން އޮންނަ އުޅަނދުފަހަރު ތަކަށް ހުރްމުޒް ކަނޑުއޮޅި އޮތީ އީރާނުން ބަންދު ކޮށްފައެވެ.
އީރާނުން ހުރްމުޒް ބަމްދު ކުރުމާއި އެކު ސާގު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އީރާނަށް އެމެރިކާ އިން ޙަމަލާ ދިނުމުގެ ކުރިއާއި އަޅާބަލާއިރު މިއީ %40 އަށް ވުރެ ބޮޑު އިތުރުވުމެކެވެ.










