
އެމެރިކާއިން ހާސިލްކުރަން ބޭނުންވި މުހިންމު ބައެއް ލަނޑުދަނޑިތައް ވަނީ ނާކާމިޔާބުވެފަ. ރަމްޒީ ގޮތުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ކުރި މަސައްކަތް ވީ ނާކާމިޔާބު. މީގެ އިތުރުން، އީރާނުގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވަމުންދާ ކަމަށް އެމެރިކާއިން ބުނި އިރު އީރާނުން ގެންދަނީ ބާރަށް މިސައިލްތައް އުފައްދަމުން.
4 ދުވަސް ކުރިން - 13:33
އެމެރިކާގެ އާ ފިޔަވަޅުތަކަކީ ބަލާބަލާ ފޫހިވެފައިވާ "އެއް ފިލްމެއް ތަކުރާރުކޮށް ކުޅުން" ފަދަ ކަމެއް ކަމަށެވެ. އަދި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ "ބިރުދެއްކުމުގެ" ސިޔާސަތަކީ މީގެ ކުރީގެ އެމެރިކާގެ ސަރުކާރުތަކުންވެސް ކޮށްފައިވާ، އަދި އެއްވެސް ނަތީޖާއެއް ނުނިކުތް ބޭކާރު ކަމެއްގެ ގޮތުގައި އަރާޤްޗީ ސިފަކުރެއްވި.
5 ދުވަސް ކުރިން - 11:25

އީރާނަށް އެއްވެސް ކަހަލަ އެހީގެ މަގެއް ހުޅުވައިދޭ ކޮންމެ ގައުމަކަށް ވަރަށްބޮޑެތި އިގްތިސާދީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އީރާން އެކީއެކަށް އިނދަޖައްސާލާނެ ކަމަށް ޓްރަމްޕް ވިދާޅުވި.
9 ދުވަސް ކުރިން - 04:34
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ ބޮޑު ހަނގުރާމައެއް ފެށިދާނެތީވެ، މިވަގުތު ވެސް އޮމާނުން ގެންދަނީ މަސްރަހު ފިނިވޭތޯ އީރާނާއި އެމެރިކާ އާއި ދެމެދު ނުސޯދާ މަޝްވަރާތައް ކުރަމުން.
25 ދުވަސް ކުރިން - 13:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދޭން ރޭވި "ބޮޑު ހަމަލާއެއް" ކެންސަލްކޮށް، މަޝްވަރާގެ މޭޒަށް އެނބުރި ވަޑައިގަތުމަށް ނިންމެވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ސީދާ ފޯނުން ގުޅުއްވައި ކުރެއްވި އިލްތިމާސްތަކާ ގުޅިގެން.
26 ދުވަސް ކުރިން - 10:26
ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ކުރިމަތިލުންތަކަށް ހައްލެއް ހޯދުމަށާއި، ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާއި ބެހޭގޮތުން ވާހަކަދެއްކުމަށް ކަމަށް ޓްރަމްޕް ބުނޭ. މަޝްވަރާތައް އަލުން މި ފަށަނީ ސައޫދީ އިން އެމެރިކާ އަށް ޕްރެޝަރު ކޮށްގެން.
26 ދުވަސް ކުރިން - 07:55
ފިލް ގޯޑަން ވިދާޅުވީ އީރާނަށް މެދުނުކެނޑި ބޮން އެޅުމަކީ އެ ގައުމުން ހުރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުން ނުވަތަ އަވަށްޓެރި ގައުމުތަކަށް ބިރުދެއްކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް.
27 ދުވަސް ކުރިން - 08:43
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އަރާގްޗީ ވަނީ އެފަދަ ހަމަލާތަކެއްގައި ސަރަހައްދުގެ އެއްވެސް ގައުމަކުން ބައިވެރިވެއްޖެނަމަ، އެ ގައުމަކަށްވެސް އީރާނުން ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފަ.
27 ދުވަސް ކުރިން - 08:42
ބަޣުދާދުން ތަކުރާރުކޮށް ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އަވަށްޓެރިކަމުގެ ރީތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުވެރި އަދި އަވަށްޓެރި ގައުމުތަކަށް ހަމަލާދޭން އިރާގުގެ ބިން "ލޯންޗިންގ ޕެޑެއް" ނުވަތަ ހުރަސްކުރާ މަގެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް.
27 ދުވަސް ކުރިން - 08:41
މި ޙަމަލާގައި އެއާބޭހުގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަހައްޓާ ހޭންގަރު ތަކަށާއި، ސެޓެލައިޓް މުވާޞަލާތީ ނިޒާމުތަކުގެ އިތުރުން އަސްކަރީ ކޮމާންޑް ސެންޓަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ.
28 ދުވަސް ކުރިން - 07:29
މިސްރުގެ ބަނދަރުގައި އޮތް އެމެރިކާގެ ގޭސް ޓޭންކަރަކަށް އީރާނުން ހަމަލާދީ އެ އުޅަނދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފި. މިއީ އީރާނާއި އެމެރިކާގެ ކުރިމަތިލުންތަކުގައި މިސްރުގެ ސަރަހައްދުގައި ހިނގި ފުރަތަމަ އަސްކަރީ ހާދިސާ. ޓްރަމްޕް ވަނީ އީރާނަށް އަލުން ހަމަލާ ދިނުމަށް އަސްކަރިއްޔާ އަށް އަންގާފަ.
30 ދުވަސް ކުރިން - 04:53
އެމެރިކާ އިން އީރާނަށް ޙަމަލާ ދިނުމުން ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފަ. އެހެންކަމުން އެމެރިކާ އިން މިހާރު ވަނީ އީރާނަށް ހަމަލާ ދިނުން ވަގުތީގޮތުން މެދުކަނޑާލާފަ. މިއާއި އެކު އީރާނުން ވެސް ވަނީ އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުން ހުއްޓަލާފަ.
31 ދުވަސް ކުރިން - 11:16
މި މަހުގެ ކުރީކޮޅުން ފެށިގެން ދެމުންދިޔަ ވައިގެ ހަމަލާތަކުގައި އެއާޕޯޓުގެ ރަންވޭއަށާއި ޓާމިނަލްތަކަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ. ހަނގުރާމައިގެ ސަބަބުން އާންމުންނަށަ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އުޅުނު 350 މަދަނީ މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މަރުވެފަ.
32 ދުވަސް ކުރިން - 13:11