އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، ވަރުގަދަ އަދި "ވޭންދެނިވި ރައްދެއް" ދޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އަރާގްޗީ ވަނީ އެފަދަ ހަމަލާތަކެއްގައި ސަރަހައްދުގެ އެއްވެސް ގައުމަކުން ބައިވެރިވެއްޖެނަމަ، އެ ގައުމަކަށްވެސް އީރާނުން ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުގެ އިސް ލީޑަޝިޕުން މީގެ ކުރިންވެސް ބުނަމުންދަނީ އެ ގައުމުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލުގައި، މުޅި ގަލްފް ސަރަހައްދުގެ ހުރިހާ ތެޔޮ މަސްދަރުތަކެއް ސުންނާފަތިކޮށްލާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސައޫދީއަކުން ވެސް އަދި އަރަބި އެހެން ގައުމަކުން ވެސް ރަސްމީކޮށް އެއްޗެއް ބުނެ. ނުވަތަ ބަޔާނެއް އަދި ނުނެރެއެވެ.









