މި ފަހުން ހިނގި ދެހަފްތާއެއްހާ ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ 11 ހަނގުރާމަމަތީ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އިތުރުން ގިނަ ޑްރޯންތަކެއް އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ހުއްޓާ ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.
އައިއާރްޖީސީން ބުނީ މި ހަމަލާތަކުގައި F-15 ޖެޓަކާއި، P-8 އަދި C-17 މަރުކާގެ ބޯޓުތަކެއްގެ އިތުރުން ރީފިއުލިންގ ބޯޓުތަކަށް ގެއްލުން ދީފައި ވާނެ ކަމަށެވެ.
އެމެރިކާ އިން އިސްވެ އޮވެ އީރާނަށް ޙަމަލާ ދިނުމުން ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެހެންކަމުން އެމެރިކާ އިން މިހާރު ވަނީ އީރާނަށް ހަމަލާ ދިނުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއާއި އެކު އީރާނުން ވެސް ވަނީ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުން ހުއްޓާލާފައެވެ.








