Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ އާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން: އީރާން

އެމެރިކާ އާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން: އީރާން

ޢަބްދުﷲ ޖުނައިދު
174 ދުވަސް ކުރިން - 18 މާޗް 2026 18:27
(އޭއައި ޖެނެރޭޓެޑް ފޮޓޯ އެއް)
(އޭއައި ޖެނެރޭޓެޑް ފޮޓޯ އެއް)
ޚުލާސާ

ހަނގުރާމަ ހުއްޓާލުމަށް އީރާނުގައި ދެޤައުމަކުން ވަނީ އެދިފަ. ނަމަވެސް، އީރާނުން ބުނީ އިޒުރޭލާއި އެމެރިކާ އާއި އެކު މަޝްވަރާ ކުރާކަށް ބޭނުން ނުވާ ކަމަށް.

އެމެރިކާ އާއި އިޒުރޭލު ކުޑަކަކޫ މައްޗަށް ތިރިކުރާނީ އީރާނުން ކަމަށާއި، އެ ދެޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި ޞުލްޙަ ވުމަށް އީރާނުން ޚިޔާލެއް ނުގެންގުޅޭ ކަމަށް ސުޕްރީމް ލީޑަރު އާޔަތުالله މުޖްތަބާ ޚާމަނާއީ އާއި ޙަވާލާދީ މަސްދަރަކުން ބުނެފިއެވެ.

ސުޕްރީމް ލީޑަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު ފުރަތަމަ ޚާރިޖީ ސިޔާސަތުގެ ބައްދަލުވުމުގައި ވެސް، އެމެރިކާ އާއި އިސްރާއީލާއި ދެކޮޅަށް ބަދަލު ހިފުމަށް "ވަރަށް ހަރުކަށި އަދި ސީރިއަސް" ސްޓޭންޑެއް މުޖްތަބާ ގެންގުޅުއްވި ކަމަށް ޚަބަރު ލިބެއެވެ. “އަދިވެސް (މުޖްތަބާ) ހުންނެވީ އެގޮތުގަ” އެ މަސްދަރުން ބުންޏެވެ.

އިރާނާއި އެކު ވާހަކަ ދައްކައި އެމެރިކާ އާއި ޞުލްޙަ ވުމަށް ދެޤައުމަކުން ⁠އީރާނުގެ ފޮރިން މިނިސްޓަރަށް ވެސް ދަންނަވާފައި ވެއެވެ. ނަމަވެސް އެކަމުގެ ތަފްޞީލެއް އީރާނުން ދީފައި ނުވާ ކަމަށް ރޮއިޓާސް ނޫސް އެޖެންސީ ބުނެއެވެ.

Advertisement

Advertisement 1

އިސްލާމީ ޖުމްހޫރިއްޔާގެ ހުރިހާ ކަންކަމުގައި އެންމެ ފަހުގެ ބަސްފުޅު އިއްވަވަނީ އެންމެ މަތީ ލީޑަރެވެ. މީގެ 18ދުވަސް ކުރިން އޭނާގެ ބައްޕަ އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވުމާއި އެކު، އީރާނުގެ ވެރިކަމާއި ދަރިކަލުން މުޖްތަބާ ޙަވާލުވެ ވަޑައިގެންނެވިތާ އަދި މިވީ ހަފްތާއެކެވެ.

އީރާނުގެ ބައެއް އޮފިޝަލުން ވަނީ އޭނާގެ ބައްޕަ މަރުވި ޙަމަލާ ތަކުގައި މުޖްތަބާ އަށް ޒަޚަމް ތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އެމެރިކާގެ އޮފިޝަލުން ވެސް ބުނަނީ މުޖްތަބާ ޒަޚަމް ވެފައިވާ ކަމަށާއި، ލިބިފައި ވަނީ ސީރިއަސް އަނިޔާ ތަކެކެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތިންވަނަ ހަފްތާގައި މަދުވެގެން 2،000 މީހުން މަރުވެފައި ވާއިރު ހަނގުރާމަ ނިމޭނެ ކޮޅުމައްޗެއް ވެސް އަދި ފެންނާކަށް ނެތެވެ. ފެންނަމުން ދަނީ “ސުޕަރު ޕަވަރު”އޭ ބުނާ އެމެރިކާ އާއި، އެމެރިކާގެ “ދަރިފުޅު” ސަޙްޔޫނީ ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ މަންޒަރެވެ. ހުރްމުޒް ވެސް އަދިވެސް އޮތީ ބޮޑުތަނުން އެ ދުޝްމަނުންނަށް ބަންދުކޮށްފައެވެ. އެމެރިކާ އަށް “ޙަރާމް” ކޮށްފައެވެ.

މިދިޔަ ހަފްތާގައި އާ ސުޕްރީމް ލީޑަރު ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި އޮންނަން ޖެހޭނީ “އީރާނުގެ ދުޝްމަނުންނަށް” ޕްރެޝަރު ކުރުމުގެ ވަޞީލަތެއްގެ ގޮތުގައެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިއްމު އަނެއް ކަމަކީ، އީރާނުން ބުނެފައި ވަނީ މި ހަނގުރާމަ ފެށީ އެމެރިކާ އިން ކަމަށާއި، ހަނގުރާމަ ކޮންޓުރޯލް ކުރާނީ ތެހެރާނުންނެވެ. އަދި މި ހަނގުރާމަ ހުއްޓާލާނީ ވެސް ތެހެރާނުންނެވެ.

ބޭރު ދުނިޔެދުނިޔެއީރާންއީރާން - އެމެރިކާއިސްރާއީލްމުޖްތަބާ ޚާމަނާއީއީރާން ކްރައިސިސް 2026މެދުއިރުމަތި
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭނެ

ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭގޮތް ހަދައިފި

6 ދުވަސް ކުރިން - 12:52

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50